ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް: ރައީސް
ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، އިބްރާޙީމް ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް...