ބައިނަލްއަގްވާމީ ޕްރިމިއަމް ކޮލެޓީ ބްރޭންޑް "ޑީ އެންޑް ޕީ" ސެެންޓް ފިހާރައެއް މާލޭގައި ހުޅުވައިފި
އިންޓަނޭޝަނަލް ޕްރިމިއަމް ކޮލެޓީ ބްރޭންޑްގެ “ޑީ އެންޑް ޕީ ޕާފިއުމަމް” ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ. މާލޭގެ ރަށްދެބައިމަގުގެ ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީގައި ހުންނަ މި އައުޓްލެޓް ހުޅުވާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. މިހާރައަށް ޒިޔާރަތްކޮށްލައިގެން މި ބްރޭންޑްގެ ސެންޓްގެ ވައްތަރުތައް ބައްލަވައިގަތުމުގެ އިތުރުން މި ފިހާރައިގެ ވެބްސައިޓުން އޯޑަރު ކުރައްވައިގެން އޮންލައިންކޮށް ވެސް ވިޔަފާރި ކުރެއްވޭނެއެވެ. އަދި މި ފިހާރައިގެ ވެބްސައިޓުން ވެސް ޑީ އެންޑް ޕީ ސެންޓްގެ ހުރިހ...