ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ހަސަން
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެ ޕާޓީ އުފެއްދުމުގެ އިސް މޭސްތިރިޔާ، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު […]