''އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ލިޔުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރޭ''
އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ލިޔުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، “ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް” ގެ ދަށުން ނެރުއްވާ ފޮތްތައް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ލިޔުންތެރިކަމަކީ އެބައެއްގެ ޢިލްމީ މު...