އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ އާއި އެއްކޮށް: ނާޒިމް
ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެއްކޮށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ވިދާާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ކުރިއަށް ހުރި އިންތިހާބ...