''ސަމަރުބުލޫ އިބްރާހިމް މަނިކު ބްރޯޑްކާސްޓިން ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވި''
އަލްމަރްޙޫމް ސަމަރުބުލޫ އިބްރާހިމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުގައެވެ. ވެރިރަށް މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ސަމަރު ބްލޫ އިބްރާ...