އަލްމަރްޙޫމް ސަމަރުބުލޫ އިބްރާހިމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުގައެވެ.

Ad
rt

ވެރިރަށް މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ސަމަރު ބްލޫ އިބްރާހީމަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅާކަން ފާހަގަ ކުރައްވާފައެވެ.

ސަމަރު ބްލޫ އިބްރާހީމް މަނިކަކީ ބްރޮޑްކާސްޓިން ދާއިރާއިން މީގެ އެތައް އަހަރެއްކުރިން ދިވެހި ޤައުމު މިއަދު މިދެކޭ އެތައް ޚިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ސަމަރު ބްލޫ އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްސްކާޓީން ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެއްކަން ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ސަމަރު ބްލޫ އިބްރާހިމް މަނިކު، ރާއްޖޭގެ ބްރޮޑްކާސްޓިން ދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަޙައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވިގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކެވެ.

''އެ ތަނުގެ އެ މަރުކަޒުގެ ނަން ވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާން ޖެހޭނީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައިސަލް ރޭ ވިދާޅުވި އެވެ.

މި ޖަލްސާއަކީ އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން އިސްނަގައިގެން ބޭއްވި ޖަލްސާއެކެވެ.