މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,701 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެ
Raajje

މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެ

މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް ރޭ 12:25 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދިންކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.

މީޑިއާ ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމަވައިފި
Raajje

މީޑިއާ ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމަވައިފި

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރައީސް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު މިދިޔަ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދިވެހި ނ...

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި
Raajje

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ. އޭނާގެ އެ ނިންމެވުން ވަނީ ރޭ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާ ކުރައްވާފައެވެ. އެނގިފައިވާގޮތުގައި ޝަރީފް އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތީ މަރަދޫ ދާއިރާގައި ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށްކަމަށް ވިދާޅުވެފައެވެ. ޝަރީފް އަކީ މި ހިނގާ ދައުރުގައި މަޖިލީހުގައި އެމްޑީޕީގ...

ހުއްޓިފައި ހުރި ގިނަ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް
Raajje

ހުއްޓިފައި ހުރި ގިނަ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

އިމާރާތް ކުރުމުގެ އެކި މަރުހަލާތަކުގައި ސްކޫލްތަކުގެ ގިނަ އިމާރާތްތަކެއް ކުރިއަށް ނުގޮސް އެބަހުރި ކަމަށާއި، އެފަދަ ގިނަ ތަންތަނުގެ މަސައްކަތް އަންނަ އަހަރު ފެށި ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އާދެ، ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާ...

އެއްބައިވަންތަކަމުގެ ދުވަސް ފެށުން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުން
Raajje

އެއްބައިވަންތަކަމުގެ ދުވަސް ފެށުން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުން

ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުން ފަށަން ސަރުކާރުން ނިންމައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލަރެއް މެދުވެރިކޮށް މިރޭ ފަތިސްނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަވެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް ސާކިއުލަރުގައި އެދިފައިވާއިރު، މާލޭގައި ބޮޑު ޖަ...

ހުރިހާ ބިދޭސީން ހަ މަސްތެރޭގައި މެޑިކަލް ހަދަންޖެހޭގޮތަށް ހަދައިފި
Raajje

ހުރިހާ ބިދޭސީން ހަ މަސްތެރޭގައި މެޑިކަލް ހަދަންޖެހޭގޮތަށް ހަދައިފި

ރާއްޖޭގައި މިހާރު ދިރިއުޅޭ ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސް ތެރޭގައި މެޑިކަލް ހަދަންޖެހޭގޮތައް ހަދައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، ޞިއްޙަތާބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މި ނިންމެވުމާއި ގުޅިގެން ރާއްޖ...

ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު
Raajje

ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު

ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި ބަންދު ކުރަނީ މަސައްކަތެއް ކުރުމަށެވެ. މިގޮތުން މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް އެފަޅި ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖ...

ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި
Raajje

ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލް އަޅަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އޮތީ މިއަދު ހަވީރު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އާއި ތަޢުލީމާބެހޭ ވަޒީރު އިސްމާއީލް ޝަފީޢު އާއި އާބަންކޯގެ ވެރިންނާއި އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑަައިގަތެވެ. ތަޢުލީމާބެހޭ ވުޒާރާއިން ބުނި ގޮތުގަ...

ރައީސް މުޢިއްޒު، ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރައްވައިފި
Raajje

ރައީސް މުޢިއްޒު، ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ.)އާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދެ ރައީސުން ވަނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. ކުރީގެ ރައީސް މައުމޫނަކީ...

މަސްވެރި އުޅަނދުތަކަށް ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފަށަނީ
News

މަސްވެރި އުޅަނދުތަކަށް ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފަށަނީ

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މިކަމަކީ ރައީސް ޑރ. މުހައްމަދު މ...

''ހަމަހަމަކަން ކަށަވަރު ނިޝާން'' ތަޢާރުފުކުރަން ނިންމައިފި
Raajje

''ހަމަހަމަކަން ކަށަވަރު ނިޝާން'' ތަޢާރުފުކުރަން ނިންމައިފި

ޤައުމީ ފެންވަރުގައި “ހަމަހަމަކަން ކަށަވަރު” ނިޝާން ތަޢާރުފުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ. މިއީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން ތަޢާރުފުކުރުމަށް ނިންމާފައިވާ ނިޝާނެކެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މ...

އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ
Raajje

އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ހދ. ހަނިމާދޫ މީހަކު ރޭ ނިޔާވެއްޖެއެވެ. މައްކާގައި އުޅެނިކޮށް ނިޔާވީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ޚާލިދު އިބްރާހިމް (ޚާލިދުބޭ)، ހދ.ހަނިމާދޫ/އަލަމާގެއެވެ. ޚާލިދުބޭ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައިވާކަން މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ވަނީ ބުނެފައެވެ. ޚާލިދުބެ އާއި އަންހެނުން އާރިފާ އަބުދުﷲ އުމްރާގެ އަޅުކަމަށް ފުރާފައި ވަނީ މި ޑިސެމްބަރު މަހުގެ 15 […]

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި
Raajje

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝުޖާޢު، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމެވެ. ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުނ...

އެސްއީޒެޑްގައި އިންވެސްޓްކުރަން ފުރަތަމަ ޕްރޮޕޯޒަލް ވަނީ ލިބިފައި: ރައީސް
Raajje

އެސްއީޒެޑްގައި އިންވެސްޓްކުރަން ފުރަތަމަ ޕްރޮޕޯޒަލް ވަނީ ލިބިފައި: ރައީސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ފުރަތަމަ ޕްރޮޕޯޒަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭގައި ހުންނަ ހޮޓެލް ޖެންގައި ރޭ ބޭއްވި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ “އެމްއެންއޭސީއައި ބިލްޑަ އެވޯޑްސް 2023” ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެސްއީޒެޑްގެ ޤާނޫނުގެ ދަށުން، އެސްއީޒެޑް އިންވެސްޓްމަންޓްތަކަށް މިހާރު ފު...

އިމާރާތްކުރުމުގެ ސިނާއަތުގެ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކޮށްފި
Raajje

އިމާރާތްކުރުމުގެ ސިނާއަތުގެ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކޮށްފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ،  ހޮޓެލް ޖެންގައި މިރޭ ބޭއްވި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ “އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023” ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ، މަސީން ރޭ ބޭއްވި މި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިއްޔެގެ ކެބ...