ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ލޯގޯ ޕްރޮފައިލަށް ލައިގެން ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ”ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަކުން ނުގުޅާނެ” ފުލުހުން ބުނެފަވެއެވެ. އެހެންކަމުން މިގޮތަށް އަންނަ...