ހުޅުމާލޭގައި ކާރެއްގައި ރޯވުމުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީފުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގައި ކާރެއްގައި ރޯވުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.

Ad
rt

މި ހާދިސާ ހިނގާފައި ވަނީ، ހުޅުމާލޭ ފޭސް 2 ގައެވެ. އެ ކާރުގައި އަލިފާން ރޯވުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.