އުޅެނީ ފިތުނަ އުފައްދަން، ރައީސްގެ ފަރާތްޕުޅުން މެންބަރުންނަށް ފައިސާއެއް ނުދޭ: އިސް ތަރުޖަމާނު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ. އޮންލައިން ނޫހެއްގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ރައީސްގެ ފަރާތްޕުޅުން މި މަހު ޕީއެންސީގެ މަޖިލިސް ކޮންމެ މެންބަރުންނަށް، މިމަހު 750،00 ރުފިޔާ ދީފައިވާ ކަމަށެވެ. ރައީސްގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މާލީ އިނާޔަތް ދޭކަމަށް މީގެ ކުރީން ފެތުރު އަޑުވެސް ސ...