ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާއިން ކުރި ޢިއުލާނެއް މެދުވެރިކޮށް މި ފުރުސަތު ހުޅުވާލިކަން މިހާރު ވަނީ ޢިއުލާންކޮށްފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 08 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ދަފްތަރުގައި، ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަށް ރަޖިސްޓަރީ ވާންޖެހެނީ އެކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ގޫގަލް ފޯމެއް ފުރިހަމަކޮށްގެންނެވެ.
ރަޖިސްޓަރީވާނެ ލިންކް: Ministry of Higher Education, Labour and Skills Development Vazeefa dhaftharu form
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024: ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 އާންމުކުރުމާއި ގުޅޭ | Civil Service Commission Maldives (csc.gov.mv)
މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް ގުޅަންޖެހެނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާގެ 3026930/3026951 އަށެވެ. އީ-މެއިލް ކުރާނަމަ އީ-މެއިލް ކުރަން ޖެހެނީ recruitment@mohe.gov.mv އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!