އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މާސްކް އެޅުން އަލުން މަޖުބޫރުކޮށްފި
އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކޮވިޑް-19 އާއި އިންފްލުއެންޒާ ފަދަ ބަލިތައް އިތުރުވަމުން ދިއުމާ ގުޅިގެން، ބައެއް ސްޓޭޓްތަކުގައި މާސްކް އެޅުން އަލުން މަޖުބޫރު ކުރަން ފަށައިފިއެވެ. ކްރިސްމަސް އަދި އައު އަހަރުގެ ޗުއްޓީ ނިމި، މިލިއަނުން މީހުން މަސައްކަތަށް ނުކުންނަމުންދާއިރު، އެމެރިކާގައި މިހާރު ވަނީ “ކުއަޑް-ޑެމިކް” އަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ ކޮވިޑް-19، އިންފްލުއެންޒާ، އާރް.އެސް.ވީ (ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް) އަދި ނޮރޯވައިރަސް (ބަނޑުގެ ފްލޫ) ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެކެވެ. ރ...