ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އާ ފާމަސީއެއް މާލޭގެ މާފަންނުގައި ހުޅުވައިފިއެވެ.
''އެސްޓީއޯ މާފަންނު ފާމަސީ'' ނަމުގައި ހުޅުވި މި ފާމަސީ ހުޅުވާފައި ވަނީ މަޖީދީ މަގު، ވެލިގާ ހާޑްވެއާގެ އަނެއް ކަންމަތީގަ އެވެ.
އެސްޓީއޯގެ މާފަންނު ފާމަސީއަކީ ޒަމާނީ ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މިތަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓުތައް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
New pharmacy Alert
We’re thrilled to announce the grand opening of STO Pharmacy Maafannu
From prescription refills to home care medical equipments, we’re here to provide the personalized care you deserve.#STOPharmacy #GrandOpening #STO #Evolvingwithyou #WellnessJourney pic.twitter.com/CB32a2Zyvx— STO Healthcare Solutions (@StoMedical) January 1, 2025
މި ފާމަސީގެ ދެވަނަ ފަންގިފިލާ މެޑިކަލް އިކުއިޕްމެންޓާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު، ފަހުގެ ޒަމާނީ ތަކަށް ހާއްސަކޮށްފައިވާއިރު، އަދި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ކައުންޓަރެއް މި ފަންގިފިލާގައި ހުރެއެވެ.
އެސްޓީއޯ މާފަންނު ފާމަސީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!