އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނެފިއެވެ.
އެ މަރުކަޒުން ބުނީ، އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެއެވެ. އަދި ދެން ހުޅުވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.
ހޮނިހިރު ދުވަހު އުތީމު ގަނޑުވަރު ހުޅުވަން ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު އެ ގަނޑުވަރު ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.
ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން 13:30 އަށެވެ.
ހުކުރު ދުވަހާއި ޚާއްސަ މުނާސަބަތުތަކާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަންދުވިނަމަވެސް، ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސާފައިވާ 2 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހު އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ބުނެފައެވެ.
އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެގަނޑުވަރު ދެކިލުމަށް ދަތުރުކުރާ ތަނެކެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ސްކޫލް ބަންދުތަކުގައި އަދި ޢީދު ބަންދުފަދަ ބަންދުތަކުގައި އެ މަޒުކަޒު ބަލަން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރެއެވެ.
އުތީމު ގަނޑުވަރަކީ، 1573މ. ގައި ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ބަޠަލު، ތިލަދުންމަތީ އުތީމު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އެރަށުގައި ދިރިއުޅުއްވި ގަނޑުވަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!