ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް، ރިޕޯޓްކޮށްދިނުމަށް އެދިއްޖެ
ބޭރު މީހަކު ރާއްޖޭގަައި ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިފަދަ މައްސަލައެއް ބަލަން ފެށިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، “މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަ...