މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,457 Stories
3,451 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އައިޖީއެމްއެޗްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް
Raajje

އައިޖީއެމްއެޗްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ހުށަހެޅިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 6 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ 23:30 އެހާކަށްހާއިރުއެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން ބެލި ބެ...

”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“
Thiladhunmathi News

”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“

ވައުދުވެފައިވާ ފަދައިން 14 އެއާޕޯޓެއް ތަރައްގީކުރުމުގެ އެކި މަރުހަލާތައް މިއަހަރު ހިނގަންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެވެ. މީގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ދެ އެއާޕޯޓެއްގެ ޚިދުމަތް ފުޅާކުރުމާއި، އަލަށް މަސައްކަތްފަށާ 12 ތަނ...

މާލެ ސަރަހައްދުގަައި އާ ސްކޫލެއް، ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް
Parliament

މާލެ ސަރަހައްދުގަައި އާ ސްކޫލެއް، ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް

މި އަހަރު މާލެ ސަރަހައްދުގަައި އިތުރު ސްކޫލެއް އަޅައި ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ވޭތުވި އަހަރު ތަޢުލީމީ ދާއިރާއިން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް  އަލިއަޅުވާލެއްވުމަށްފަހު މިއަހަރުގެ އަމާޒުތަކުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރަތް ކުރުމ...

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއް: ޤާސިމް
Raajje

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއް: ޤާސިމް

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއް މާމިގީ ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލު ހުށަހަޅުއްވާނެކަމ...

''ދިރިއުޅުން ބިނާކުރުމަށް މިއަހަރު 1 ބިލިއަން ރުފިޔާގެ ލޯނު''
Parliament

''ދިރިއުޅުން ބިނާކުރުމަށް މިއަހަރު 1 ބިލިއަން ރުފިޔާގެ ލޯނު''

މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، އާންމު ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލ...

ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް
Raajje

ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް

އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށ...

''ސެޕްޓެންބަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ''
Business

''ސެޕްޓެންބަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ''

2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ނިމުނު 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤުތިޞާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ. އެ ގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ރ...

''ހދ. އާއި ތ. އަތޮޅުގައި އިންވެސްޓްކުރުމަށް ލުއިދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއް''
Thiladhunmathi News

''ހދ. އާއި ތ. އަތޮޅުގައި އިންވެސްޓްކުރުމަށް ލުއިދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއް''

މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅާއި އާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓްކުރުމަށް ލުއިތައްދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން މިއަދު ދެއްވި ޚިޠާބުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މި ދިޔަ 2024ވަނަ އަހަރުކަން ފާހަގަކުރަށްވާފައެވެ. އެ...

ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް
Parliament

ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް

ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މި އަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެ ކަމަށެވެ. ހަމައެހެންމެ، ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގ...

''ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް ރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ''
Parliament

''ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް ރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ''

ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު ނުވަތަ ދިވެހީންގެ ކަންކަން ދިވެހީންގެ މަޞްލަޙަތާއި ސަލާމަތަށް ޓަކައި...

މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް
Parliament

މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް

މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ފާހަގަކުރަށްވަމުން...

މިއަހަރު 35 މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުތައް ހިންގަނީ
Raajje

މިއަހަރު 35 މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުތައް ހިންގަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން ކަމަށެވެ. ”ވަކިން ޚާއްޞަކޮށް ސައްތައިން...

މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު: ރައީސް
Parliament

މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު: ރައީސް

މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ އެ މޫސުންކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވައިދެއްވަން ފެއްޓުވުމުގެ ގޮތުން ވާހަކަފުޅު ފައްޓަވަމުންނެވެ. ރައީސް ވާހަކަފުޅު ފައްޓަވާފައި ވަނީ، ރައީސް ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙައްމަދު އަމީންދޮށިމޭނާ ކިލެގެފާނުގެ ހިކުމަތްތެރި ބަސްކޮޅަކުންނެވެ. އެއީ ހިތްވަރާއި އަޒުމާއި އެކު މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވ...

ރައީސް، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ.  މުޙައްމަދު މުޢިއްޒު، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. ނިއުޒީލަންޑްގެެ ޤައުމީ ދުވަސް، ވައިޓެންގްއީ ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވީ އެޤައުމުގެ އިސްވެރީންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ. މިގޮތުން ރައީސް ވަނީ އެ ޤައުމުގެ ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، ކިންގްސް ސަރވިސް އޯޑަރ (ކޭ.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ...

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހ. ކުއްޅަވައްދޮށުގޭ 3ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.