ލާޒިމްނޫން ތަނެއްގައި ހެލްމެޓް އަޅަައިގެން އުޅޭނަމަ ހުއްޓުވަައި ފާސްކުރަނީ
ކުށްކުރުމުގެ ނިޔަތުގައި ލާޒިމްނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭތީ، އެފަދަ މީހުން ހުއްޓުވައި ބަލައި ފާސްކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުން ރޭ ނެރުނު ބަޔާނެއްގައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހެލްމެޓް އެޅުން ލާޒިމްނޫން ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވެއެވެ. އަދި މިފަދަ މީހުން ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނަ...