ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި
މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ “ސީލައިން 3” ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްގައެވެ. މި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް، ދޯނި އަރިއަޅާލައި ދިޔަވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ. މި ހާދިސާގ...