ހެޔޮކަމާއި ނުބައިކަން ވަކިކޮށް، ޙަޤީޤީ އިސްލާމީ ޙަޔާތަކަށް ރުޖޫޢަވާންޖެހޭ: ރައީސް
ހެޔޮކަމާއި ނުބައިކަން ވަކިކޮށް، ޙަޤީޤީ އިސްލާމީ ޙަޔާތަކަށް ރުޖޫޢަވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމްކަމަށް ހިޖުރީގޮތުން 900 އަހަރު ފުރޭ މި ޝަރަފުވެރި މުނާސަބަތު ފާހ...