ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ކޯވިޑް-19 ގެ އެހީގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި، ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އޭނާ އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން ޑޮލަރުން (އެއް މިލިއަން ސުވިސް ފްރޭންކުން) ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އިން ނިންމައިފިއެވެ. ފީފާއިން މި ނިންމުން ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ. މަނީ ލޯންޑަރިންގާއި، ހިޔާނާތް އަދި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގާ ގުޅިގެން ބައްސާމް މީގެ ކުރިންވެސް ހުރީ ވަގ...