މާލޭގެ ގެއެއްގެ ފާޚާނާ ތެރޭ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
މާލޭގެ ގެއެއްގެ ފާޚާނާ ތެރޭ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފާޚާނާތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ފާޚާނާ ތެރެއިންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 46 އަހަރުގެ އަބުދުﷲ މުފީދު، ގ.ލަންކާ/މާލެ އެވެ. މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.