މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,319 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސް ތެލަސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރަށްވައިފި
Raajje

ރައީސް ތެލަސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ކޮމިއުނިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ އެ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެ ކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ، ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއ...

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
Raajje

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުތުރު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަކަަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އުތުރު ޕޮލިސް ރީޖަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު […]

ޣައްޒާގެ ބިންތައް ފޭރިގަނެ ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުން ފާސްކޮށްފި
International

ޣައްޒާގެ ބިންތައް ފޭރިގަނެ ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުން ފާސްކޮށްފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ ސްޓްރިޕްއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ޣައްޒާގެ ބިންތައް ފޭރި ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ. އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މި ޕްލޭން ފާސްކޮށްފައި ވަނީ އިއްތިފާގުންނެވެ. އިސްރާއީލްގެ ބޮޑުވަޒީރު ޖައްބާރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނަކާއި ހަވާލާދީ ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވަނީ އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ “ހަމާސް ބަލިކޮށް” އަދި ޣައް...

ބާރަށުގައި ސިހުރުހަދާކަމުގެ ތުހުމަތު 8 މީހަކަށް، ގުޅުންހުރި ތަކެތި ހޯދައިފި
Thiladhunmathi News

ބާރަށުގައި ސިހުރުހަދާކަމުގެ ތުހުމަތު 8 މީހަކަށް، ގުޅުންހުރި ތަކެތި ހޯދައިފި

ހއ. ބާރަށުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ 8 މީހަކާ ސުވާލުކޮށް، އެ މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ބާރަށުގައި ސިހުރު ހާހޫރަ ހަދާކަމަށް އެ މުއައްސަސާގެ އިންޓެލިޖެންސްއަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން، މިއަދު (5 މެއި 2025) ހެނދުނު 7:00 އިން ފެށިގެން އެރަށުގައި އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނެއްގައި، އެ ރަށުގެ 8 ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކ...

ސަމާލުވޭ! ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް
Raajje

ސަމާލުވޭ! ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓު އޮފީހުން މިއަދު އާންމު ކުރި ސަމާލުގެ މެސެޖެއްގައި، ކުރިއަށް އޮތް ތިން ދުވަހު (މެއި 6 އިން 8) އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން ވަނީ […]

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި
Raajje

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި

ހުޅުމާލޭ ފޭސް 3 ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒު، “މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު”ގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ...

ހުޅުމާލެ ފޭސް 3 ގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް
Raajje

ހުޅުމާލެ ފޭސް 3 ގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް

ދިވެހިރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ. މިއީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢު އެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަން ތަރައްގީ ކުރަނީ ހުޅުމާލެ ފޭސް 3 ގައެވެ. ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ […]

ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
Raajje

ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ކުއްލިއަކަށް ދެރަވެ، ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، އެ ފުލުސް މީހާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން މިއަދު މެންދުރު އޭނާ ވަނީ މާލެއަށް އެއަރލިފްޓް ކުރެވިފައިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި އެ ފުލުސްމީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީ...

ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ރާއިފަށް
Thiladhunmathi News

ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ރާއިފަށް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު، ޕީއެސްއެމް ނިއުސްގެ އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށް ލިބިއްޖެއެވެ. ޒުވާން ރާއިފް އަކީ، ނޫސްވެރިކަމާއި، އަދަބިއްޔާތާއި ދިވެހި ބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކެއް އެރަށަކަށް ނިސްބަތްވާ ހދ. މަކުނުދޫ އަށް ނިސްބަތްވާ ހުނަރުވެރި ނޫސްވެރިއެކެވެ. ރާއިފްގެ މި ކާމިޔާބަށް މަކުނުދޫ ކައުންސިލުން ވަނީ މަރުޙަބާ ކިޔާފައެވެ. ”ޕީއެސްއެމް ނިއުސް އެވޯޑް 202...

ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުރީދޫ އިން ދުނިޔޭގެ ރިކޯޑް ގާއިމުކޮށްފި
Business

ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުރީދޫ އިން ދުނިޔޭގެ ރިކޯޑް ގާއިމުކޮށްފި

ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ. އުރީދޫއިން މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބ. ފުޅަދޫ ކައިރިން ކަނޑު އަޑީގައެވެ. މި ހަރަކާތުގައި 20 މީހަކު ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން ޕެނަލިސްޓުންގެ ތެރޭގައި ހަރަކާތްތެރިވި ފަސް މީހުން ވަނީ ގިނިސް ވޯލްޑް ރިކޯޑް ހެދުމުގެ ގޮތުން ކޮންމެ މީހަކު ވެސް ދެ މިނެޓަށް ވުރެ ގިނައިރު ކަނޑުއަޑީގައި ވާހަކަ ދައްކައިފަ އެވެ. […]

މަސްތުގެ ހާލަތުގައި ކާރު ދުއްވި މީހަކު ހައްޔަރަށް، ކާރުގެ ފުރޮޅެއްގައި ޓަޔަރު ވެސް ނެތް
Raajje

މަސްތުގެ ހާލަތުގައި ކާރު ދުއްވި މީހަކު ހައްޔަރަށް، ކާރުގެ ފުރޮޅެއްގައި ޓަޔަރު ވެސް ނެތް

ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 މެއި 1 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނެވެ. ފުލުހުން އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ދުއްވާފައި ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް...

ރައީސް މުޢިއްޒު ނޫސްވެރިންނާއެކު 14 ގަޑިއިރާއި 55 މިނިޓް، ރެކޯޑެއް!
Raajje

ރައީސް މުޢިއްޒު ނޫސްވެރިންނާއެކު 14 ގަޑިއިރާއި 55 މިނިޓް، ރެކޯޑެއް!

އިއްޔެ އަކީ ދުނިޔޭގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ދިވެހި ނޫސްވެރިންނާއި ބައްދަލުކުރަށްވާފައެވެ. ގާތްގަނޑަކަށް 16 ވަރަކަށް މަސް ދުވަސް ފަހުން މި ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރިއިރު، ރައީސް ނޫސްވެރިންނާއި ބައްދަލުނުކުރަށްވައި ދިގުލައިފައިވާތީ ބައެއްފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ރައީސްގެ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ވޭތުވި ދޮޅު...

އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީސް ތެރެއިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވިނަމަވެސް މިހާރަކު އެހެންނެއްނުވާނެ: ރައީސް
Raajje

އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީސް ތެރެއިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވިނަމަވެސް މިހާރަކު އެހެންނެއްނުވާނެ: ރައީސް

އޭރު ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން ދިޔައީ ރައީސް އޮފީސް ތެރެއިން، މިހާރު ރައީސް އޮފީހުން އެއްވެސް ތާކަށް ނުފޫޒެއް ނުފޯރުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް މިދިޔަ ސަރުކާރުގައި ކުރި ދައުވާތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އޭރުގައި ޤަބޫލުކުރަމުން އައ...

ގްރީން ބިލްޑިންގ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސެއް އަޅަނީ
Raajje

ގްރީން ބިލްޑިންގ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސެއް އަޅަނީ

12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއް ހިންގަމުން އައި ގްރީން ބިލްޑިންގގައި އަލިފާން ރޯވެ އެ ހާދިސާގައި އެ ވުޒާތައް ހިންގި އިމާރާތްތައް ބޭނުންނުކުރެވޭވަރަށް އަނދައި ގެއްލުންވެފައިވާއިރު، އެ އިމާރާތްތައް ހުރި ބިމުގައި ޒަމީނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން...

ހއ.،ހދ.،ށ. ހިމެނޭހެން ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ލުއިތަކެއް
Raajje

ހއ.،ހދ.،ށ. ހިމެނޭހެން ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ލުއިތަކެއް

އިންވެސްޓަރުން އައުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ހއ.، ހދ.، ށ. ހިމެނޭގޮތަށް ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ސަރުކާރުގެ މަސައްކަތްތަކާގުޅޭ މައުލޫމާތު ދެއްވުމަށް ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިހާތަނަށް ފަތުރުވެރިކަން ކުރިއަރާފައިނުވާ ރަށްތަކަށް ފަތުރުވެރިކަން ގެނ...