އިންޑިއާ އިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް މިސައިލް ހަމަލާ ދީފައެވެ.
ޕާކިސްތާނުގެ ފަރާތުން ބައިނަލްވާމީ މީޑިއާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާގެ މިސައިލް ހަމަލާތަކުގައި 6 ސަރަޙައްދަކަށް ވަނީ ހަމަލާ ހަމަލާ އަމާޒުވެފައެވެ. މި ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، 35 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ މި "ހަނގުރާމަވެރި ޢަމަލު" އަށް ހަރުކަށި ޖަވާބެއް ދޭނެކަމަށް ޕާކިސްތާނުން ވަނީ އިންޒާރު ދީފައެވެ.
އިންޑިއާއިން ބައިނަލްއަގްވާމީ މީޑިއާއަށް ދީފައިވާ މަޢުލޫމާތުގައި، އެ ޤައުމުން ވަނީ ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ހަމަލާ ދީފައިވާކަމަށް ވަނީ ބުނެފައެވެ.
ޕާކިސްތާނުން ވަނީ އިންޑިއާއިން 5 ސަރަޙައްދަކަށް ވައިގެ ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ ޕަންޖާބު ސޫބާގެ ބަހާވަލްޕޫރު އަދި މުރިދްކޭ، އަދި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ މުޒައްފަރާބާދު، ކޮޓްލީ އަދި ބާޣު އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ އެ ޤައުމުން ޖަވާބުދާރީވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
މި ވަގުތު، އިންޑިއާ އާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރު ވަކިކުރާ ލައިން އޮފް ކޮންޓްރޯލްގެ ދެފަރާތުގައި ބޮޑެތި ހަތިޔާރުތައް ބޭނުންކޮށްގެން ހަމަލާ ބަދަލުކުރަމުންދާކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
Pakistanis Offering Fajr Namaz in a MOSQUE where India Attacked #PakistanZindabad #OperationSindoor
— Haxceb (@haxceeb) May 7, 2025
ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ އިސްވެރިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ.
މި ހާލަތާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވިދާޅުވެފައިވަނީ މި ހާލަތަކީ "ހިތާމަވެރި ކަމެއް" ކަމަށާއި، "އަވަހަށް މި ކަންކަން ހައްލުވާނެކަމަށް" އުންމީދުކުރައްވާ ކަމަށެވެ.
އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ފަހަލްގާމްގެ ފަތުރުވެރިކަމުގެ ސަރަޙައްދުގައި އޭޕްރިލް 22 ގައި އާންމު ރައްޔިތުންނަށް ދިން ނިރުބަވެރި ހަމަލާގެ ޒިންމާ އިންޑިއާއިން ވަނީ ޕާކިސްތާނުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ޕާކިސްތާނުން މި ތުހުމަތުތައް ވަނީ ކަނޑައެޅިގެން ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!