އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި
އީރާނުން އިސްރާއީލްގެ މުހިންމު ސިޓީތަކަށް އައު ހަމަލާތަކެއް ރޭ ދީފިއެވެ. އީރާނުގެ ހަމަލާތައް ދީފައި ވަނީ އައު މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެންނެވެ. އިސްރާއީލުން ވެސް ވަނީ ރޭ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. މިއީ ފުރިހަމަ ހަނގުރާމައަކަށް ވެދާނެކަމުގެ ބިރުވެރިކަން އިތުރުވެފައިވާއިރު، މިއީ އިސްރާއީލުން ހުކުރު ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މި ހަމަލާތައް ދެމިގެންދިޔަ ތިންވަނަ ދުވަހެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ އާދީއްތަ ދުވަހުގެ ފ...