އީރާނުގެ އަސްކަރީ އިސްވެެރިން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވުމާއެކުއަސްކަރިއްޔާ އަށް އަލަށް ހަވާލުވި ވެރިންނާއެކު އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާދިނުމަށް ވަގުތު ބޭނުންވާނެކަމަށް އަސްކަރީ އަދި ސިޔާސީ ދިރާސާވެރިއެއްކަމަށްވާ އެލިޖާ މެގްނިއަރ ބުނެފިއެވެ.

އަސްކަރީ އަދި ސިޔާސީ ދިރާސާކުރާ އެލިޖާ މެގްނިއަރ އަލްޖަޒީރާ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލްގެ ހަމަލާތަކުގައި އީރާންގެ ގިނަ އަދަދެއްގެ އިސް އަސްކަރީ ވެރިން ޝަހީދުވެފައިވުމާއި ގުޅިގެން، އިސްރާއީލުގެ ހަމަލާތަކަށް އީރާނުން ރައްދު ދިނުމަށް ލަސްތަކެއް ކުރިމަތިވެދާނެއެވެ.

Ad
rt

އޭނާ ފާހަގަކުރި ގޮތުގައި، އައު ކޮމާންޑަރުންނަށް އެބޭފުޅުންގެ މުވައްޒަފުންނާއި، އިސްރާއީލުން ދިން ސަތޭކަ އެތައް ހަމަލާއަކަށްފަހު ބާކީ ހުރި ވަސީލަތްތަކާއި ޤާބިލިއްޔަތު ދެނެގަތުމަށް ވަގުތު ބޭނުންވެއެވެ. އަދި އެބޭފުޅުންގެ ބެލުމުގެ ދަށުގައިވާ ވަސީލަތްތަކާއި، އޭގެ ބޭނުން ހިފޭނެ މުއްދަތު އަދި އިސްރާއީލުން ހަލާކުކޮށްލި ތަކެތި ދެނެގަތުމަކީ އެމީހުންގެ ޖަވާބު ރޭވުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

މެގްނިއަރ އިތުރަށް ފާހަގަކުރި ގޮތުގައި، އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ނާކާމިޔާބު ހަމަލާތަކުގެ އިތުރުން، އެމީހުންގެ އަމާޒަކީ އީރާނުގެ މިސައިލް އުފެއްދުމުގެ ޤާބިލިއްޔަތު ނައްތާލުމެވެ.

މިގޮތުން ތަބްރީޒްގައި ދެވުނު ހަމަލާތައް އަމާޒުކުރެވިފައިވަނީ ޑްރޯނާއި މިސައިލް އުފައްދާ ސަރަހައްދުތަކަށެވެ. އިސްރާއީލުގެ މަޤްޞަދަކީ އީރާނުގެ ޖަވާބުދާރީވުމުގެ ޤާބިލިއްޔަތު ދަށްކުރުން ކަމަށާއި، ނަމަވެސް އީރާންގެ ހަމަލާތައް ފެށުމާއެކު އެ ހަމަލާތައް ދެމިގެންދާނެ މުއްދަތު އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫއަށްވެސް ނޭނގޭ ކަމަށް އޭނާ ބުނެފަވެއެވެ.