ސައޫދީގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފި
ސައޫދީ އަރަބިއްޔާގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރިޔާޒު ސިޓީގައި ސައުދީ ފުލުހުން ވަނީ މީހުން ދިރިއުޅޭ ފްލެޓެއްގައި ހަށިވިއްކުމުން ދަނިކޮށް ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރިޔާޒުގެ ފުލުހުންނާއި، އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ކޮމްބެޓިން ހިއުމަން ޓްރެފިކިންއާ ގުޅިގެން ހިންގި ސެކިއުރިޓީ އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރީ ކ...