ސައޫދީ އަރަބިއްޔާގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ސައޫދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރިޔާޒު ސިޓީގައި ސައުދީ ފުލުހުން ވަނީ މީހުން ދިރިއުޅޭ ފްލެޓެއްގައި ހަށިވިއްކުމުން ދަނިކޮށް ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފަ އެވެ.

Ad
rt

މި މީހުން ހައްޔަރުކޮށްފައި ވަނީ ރިޔާޒުގެ ފުލުހުންނާއި، އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ކޮމްބެޓިން ހިއުމަން ޓްރެފިކިންއާ ގުޅިގެން ހިންގި ސެކިއުރިޓީ އޮޕަރޭޝަނެއްގައެވެ.

ހައްޔަރުކުރީ ކޮން ޤައުމަކަށް ނިސްބަތްވާ އަންހެނުންތަކެއްކަމެއް މީޑިއާ ރިޕޯޓްގައި ނުބުނެއެވެ. އަދި ހައްޔަރުކުރީ ކުށުގެ ވެށިން ނަމަވެސް އެކަމުގައި ޝާމިލްވާ ފިރިހެނުން ހައްޔަރުކުރިކަމެއް ވެސް މީޑިއާ ރިޕޯޓްގައި ސާފުކޮށްދީފައެއް ނުވެއެވެ.

އިސްލާމީ ޝަރީއާ (އިސްލާމީ ގާނޫނު) ގެ މައްޗަށް ބިނާވެފައިވާ ސައުދީ ގާނޫނުގެ ދަށުން ސައުދީ އަރަބިއްޔާގައި ހަށިވިއްކުމަކީ ގާނޫނާ ހިލާފު، ބޮޑު ކުށެއްގެ ގޮތުގައި ބަލާ ކަމަށެވެ. އަދި އެކުށަށް ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފައެވެ.

މިގޮތުން ހަށިވިއްކުމުގައި ބައިވެރިވާ ފަރާތްތަކަށް، ހަށިވިއްކާ މީހުންނާއި ގަންނަ ފަރާތްތަކަށް ޖަލު ހުކުމް ސައޫދީ ގާނޫނުގެ ދަށުން އަންނައިރު، މާލީ އަދަބު ދިނުމަކީ ވެސް އާންމު ކަމެކެވެ. މީގެ އިތުރުން ހަށިވިއްކުމުގެ ކުށުގައި ހައްޔަރުކުރާ ބިދޭސީން އާންމުކޮށް ޑިޕޯޓް ކުރަނީ އެއްވެސް އެމީހެއްގެ މައްޗަށް އަންނަ ހުކުމެއް ތަންފީޒު ކުރުމަށްފަހުގައެވެ.

އެ ޤައުމުގައި މިކަމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ވެސް ޒިނޭ، ނުވަތަ ސޯޑޯމީ (ހަލާލު ކައިވެންޏަކުން ބޭރުގެ ހުރިހާ ޖިންސީ ހަރަކާތަކަށް އަމަލުކުރާ) ފަދަ ގުޅުންހުރި ކުށްތަކެއް ވެސް އުފުލިފައިވާނަމަ، މަރުގެ އަދަބު ދިނުން ވެސް ސައޫދީ ޤާނޫނުގައި ވަނީ ހިމަނާފައެވެ.

ސައުދީ އަރަބިއްޔާއިން ދާދި ފަހުން ވަނީ ހަށިވިއްކުމާއި ހަށި ގަތުމަށް އެދުން ހިމެނޭ ގޮތަށް "އަޚްލާގީ ގޮތުން ގޯސް އަމަލުތަކެއް" ހިންގުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މިކަންކަމާ ދެކޮޅަށް އާ ޔުނިޓެއް ގާއިމްކޮށްފަ އެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ޚާއްޞަކޮށް ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.