ވަންދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ތ. ވަންދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިރޭ ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 18:05 އެހައިކަންހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.