ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މަސީޙް މޫސާ، ތ.ވިލުފުށި/ މަލަސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރުމާއެކު އޭނާ ގެންގުޅޭ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މަސީޙް މޫސާ ހައްޔަރުކޮށްފައިވާއިރު،...