ޑްރަގް އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފި
ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި ސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކުރުމުގެ އިތުރުން އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި ގެތައް ބަލައި ފާސްކުރުމުގައި ތިން ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ...