ބޯންމެރޯ ހަދަން އިތުރު 7 ކުދިން ފޮނުވަން ތައްޔާރުވެއްޖެ
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް އިތުރު 7 ކުދިން ފޮނުވަން ތައްޔާރުވެފައިވާކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ހަތް ކުދިންނާއި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމް މިއަދު ވަނީ ބައްދަލުކުރަށްވާފައެވެ. ސަރުކާރުގެ “ހަފުތާ 14” ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ތެލަސީމިއާގެ ފަރުވާ ހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރ...