ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައ...