މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,984 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް
Business

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދިވެހި ޕޯސްޓްގެ ޚިދުމަތަށް 119 ވަނަ އަހަރު ފުރުމުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިނ...

ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއަށް
Sports

ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއަށް

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ދެވަނަ މެޗު 1-1 އިން އެއްވަރުވެ، ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ކުޅުނީ 6 ސެޕްޓެމްބަރު 2025 ގައެވެ. މި މެޗުގައި ރާއްޖެ ވަނީ 3-0 އިން ލަންކާ ބަލިކޮށްފައެވެ. މި މުބާރާތުގެ ދެވަނަ މެޗު މިއަދު ކުޅުނުއިރު، ލަންކާ އިން ރާއްޖެ އަށް ޕްރެޝަރ ދެމުން ދިޔަނަމަވެސް، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން ވަނީ […]

ނޭޕާލުގައި މުޒާހަރާތައް ހޫނުވެ، ޕާލަމެންޓް އިމާރާތުގައި ރޯކޮށްލައިފި
International

ނޭޕާލުގައި މުޒާހަރާތައް ހޫނުވެ، ޕާލަމެންޓް އިމާރާތުގައި ރޯކޮށްލައިފި

ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ގައުމުގެ ޕާލަމަންޓު އިމާރާތުގައި މުޒާހަރާކުރާ ފަރާތްތަކުން އަލިފާން ރޯކޮށްލާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ، މުޒާހަރާތަކަށް ގަދަބާރުން ހުއްޓުވުމުގެ ސަބަބުން މީހުން މަރުވުމާ ގުޅިގެން، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވުމަށްފަހުއެވެ. ޕާލިމަންޓު ސެކްރެޓޭރިއަޓުގެ ތަރުޖަމާނު އެކްރަމް ގިރީ ވިދާޅުވެފައިވާގޮތުގައި އެތައް ސަތޭކަ ޒުވާނުން ޕާލަމެންޓު ސަރަހައްދަށް ވަދެ، މައި އިމާ...

އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި
Raajje

އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ސްކޮލާޝިޕްތަކަކީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ “ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް” ޕްރޮޖެކްޓްގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ. މި ސްކޮލާޝިލްގެ ދަށުން ކިޔަވާނީ ދިވެހިރާއްޖޭގެ ޤައ...

ރައްޔިތުން އެދުމުން ދޮންފަނުގެ ބިން ނުހިއްކަން ރައީސް ނިންމަވައިފި
Raajje

ރައްޔިތުން އެދުމުން ދޮންފަނުގެ ބިން ނުހިއްކަން ރައީސް ނިންމަވައިފި

ބ. ދޮންފަނު ބިން ނުހިއްކުމަށް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެރަށު ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ސޮއިކުރީ މިދިޔަ އޯގަސްޓް މަހު ރައީސް ބ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން 13 އޯގަސްޓްގައި ދޮންފަނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެދުވަހު ދޮންފަނު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މި އަހަރުތެރޭ މި މަސައްކަތް ފެށޭނެ ޔަގީންކަން ދެއްވާފައެވެ. އަދި އެ މަޝްރޫޢުގެ ދަށުން ހިއްކޭ 13 ހެކްޓަރުގެ ބިމާއެކު ރަށުގެ ބިމުގެ ދަތިކަމަށް، […]

ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން ވަދެއްޖެ
Raajje

ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން ވަދެއްޖެ

ކ.ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުން އަންނަ ސަބަބެއް ފުލުހުން ނުބުނެއެވެ. އެހެންނަމަވެސް އެތަނުގައި ހަރަކާތްތެރިވަމުން އަންނަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގެ އޮޕަރޭޝަން ޓީމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަޒީރު ކަމަކީ ''ތަބަކަށް ލާފައި'' ދިން މަގާމެއްނޫން: މަހްލޫފް
Raajje

ވަޒީރު ކަމަކީ ''ތަބަކަށް ލާފައި'' ދިން މަގާމެއްނޫން: މަހްލޫފް

އެމްޑީޕީގެ ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމަކީ ތަބަކަށްލާފައި އޭނާ އަށް ދިން މަގާމެއްނޫންކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ. މަހްލޫފް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެެވެ. އެ ނިންމުމާއި ގުޅިގެން މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. މަހްލޫފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓުގައި ރައްޔިތުންނަށް ޚިދުމަތްކޮ...

މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ނިންމައިފި
Raajje

މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ނިންމައިފި

ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. މި ނިންމެވުން ރައީސް ހާމަކުރައްވާފައިވަނީ މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބަދަލު އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތ...

މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި
Raajje

މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ އޯގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި 19 އޯގަސްޓް 20256 ވަނަ ދުވަހު އެ އަތޮޅު ފެރިދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ޢިއުލާން ކުރަށްވާފައެވެ. ރައީސް […]

ފަހުމީއަށް ރައީސް އޮފީހުގެ މަގާމަކަށް
Raajje

ފަހުމީއަށް ރައީސް އޮފީހުގެ މަގާމަކަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް ހަމަޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުމީ ހަމަޖައްސާފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ފަހުމީ އަކީ 27 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯގައި ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023ގައި ސްޓެލްކޯގެ އެމްޑީކަމާއި...

އެޗުއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަނުކުރަށްވައިފި
Raajje

އެޗުއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. މިގޮތުން އެ ކޮމިޝަނަށް ރައީސް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލ...

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރާ ގެެއްލުންތަކެއް
Raajje

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރާ ގެެއްލުންތަކެއް

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުންތަކެއްވެއްޖެއެވެ. އި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނީ، މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެންޑީއެމްއޭ އިން ބުނިގޮތުގައި މި ނަގޫރޯޅި އެރުމުގެ ސަބަބުން މަރަދޫ ފޭދޫގެ 6 ގެއަކަށް ވަނީ ގެއްލުންތަކެއްވެފައެވެ. އެހެންވެ އެ ގޭތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރަނުން އަންނަކަމަށް ވެސް އެ […]

އިސްރާއީލް ޓީމު ބައިސްކަލް މުބާރާތުން ވަކިކުރަން ސްޕެއިންގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފި
International

އިސްރާއީލް ޓީމު ބައިސްކަލް މުބާރާތުން ވަކިކުރަން ސްޕެއިންގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފި

ސްޕެއިންގެ ބައިސިކަލް ރޭސް “ލާ ވުއެލްޓާ” ގައި ބައިވެރިވާ އިސްރާއީލްގެ ބައިސްކަލް ޓީމު އެ މުބާރާތުން ވަކިކުރަންޖެހޭ ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ޚޯސޭ މެނުއެލް އަލްބަރެސް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މުބާރާތާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ސްޕެއިންގައި ކުރިއަށްދާ މުޒާހަރާތަކަށް ފުރިހަމައަށް ތާއީދުކުރަށްވާ ކަމަށްވެސް ހާމަކުރައްވަމުންނެވެ. މިކަމާ ގުޅިގެން، އިސްރާއީލް-ޕްރެމިއަރ ޓެކް ޓީމުން ހޮނިހިރު ދުވަހު އިޢުލާނުކުރި ގޮތުގައި، ސްޕެއިންގެ ބައިސިކަލް ރޭސް ލާ ވުއެލްޓާގެ ބާކީ...

ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި
Raajje

ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ “ސައުތު އޭޝިއަން ސުޕަރ ކަޕް 2025” ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ. ސްރީލަންކާގައި އިއްޔެ ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗްގައި ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެއިން ވަނީ 3-0 އިން ބޮޑު މޮޅެއް ހޯދައި، މޮޅު ކުޅުމެއް ދައްކާފައެވެ. ރައީސް އޮފީހުން މިއަދު ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) […]

މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް
Business

މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ މަގާމަށް މިއަދު އައްޔަންކޮށްފައިވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ. ފަހުމީ އަކީ ސްޓެލްކޯގައި 25 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގ...