''ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫޢު ''މޯލްޑިވްސް 2.0'' 2028 މެދަކާ ހިސާބުގައި ނިންމާލެވޭނެ''
އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަސައްކަތް ކަމަށާއި، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ހިންގާ މި މަޝްރޫޢު 2028 ވަނަ އަހަރުގެ މެދަކާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން...