ހައްޔަރުކުރީ ޑްރަގް ވިޔަފާރިކުރުމާއި މަނީ ލޯންޑަރިން ނެޓްވޯކެއްގެ ބޮޑުންތަކެއްކަމަށް ތުހުމަތުވާ ބަޔަކު
މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިން ހުއްޓުވުމަށް ފުލުހުން ހިންގާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރާއި 35 އަހަރާ ދެމެދުގެ...