މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,146 Stories
3,128 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ކޮރަޕްޝަންގެ ކުށެއް ކުރުމަށް ހިންގާ ހުރިހާ އަމަލުތަކަކީ ކޮރަޕްޝަންކަމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި
Raajje

ކޮރަޕްޝަންގެ ކުށެއް ކުރުމަށް ހިންގާ ހުރިހާ އަމަލުތަކަކީ ކޮރަޕްޝަންކަމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިޞްލާހުގައި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި “ކޮރަޕްޝަން” ކަމަށް ބުނެފައިއެވަނީ، ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި ޢަމަލުތައް ހިމެނޭގޮތުން ކަމަށް ހިމަނާފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، “ކޮރަޕްޝަންގެ ކުށް” ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް...

ކުޅުދުއްފުށީ ސިޓީއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް!
Thiladhunmathi News

ކުޅުދުއްފުށީ ސިޓީއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް!

ކުޅުދުއްފުށީ ސިޓީން ނެގި ހުރިހާ ރެންޑަމް ސާމްޕަލްއެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި އެ ސިޓީއިން 134 ރެންޑަމް ސާމްޕަލްއެއް ނެގިއެވެ. މިރޭ ވެސް އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް ވުމާއެކު، އެ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން މި ސާމްޕަލްތަކުގެ ނަތީޖާއާ...

އެފްއޭއެމްއިން 16 ރަށެއްގައި ޓާފް ދަނޑު އަޅައިދެނީ
Raajje

އެފްއޭއެމްއިން 16 ރަށެއްގައި ޓާފް ދަނޑު އަޅައިދެނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އަޅައިދޭން ނިންމައިފިއެވެ. މިއަދު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މި ދަނޑުތަކަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އަޅައިދޭން ނިންމި ނ...

ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ!
Thiladhunmathi News

ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ!

ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއާއިއެކު ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން އެމީހާއާއިއެކު ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އެރީއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. އެކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 381 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 193 މީހެއްގެ ސާމްޕަލް […]

ކުޅުދުއްފުށީ ސިޓީގައި މިއަދު ރެންޑަމް ސާމްޕަލް ނަގަނީ
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގައި މިއަދު ރެންޑަމް ސާމްޕަލް ނަގަނީ

ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް އެ މަސައްކަތް ކުރިއަށް ދާނެއެވެ. މިގޮތުން އެ ހޮސްޕިޓަލްގެ މުވައްޒަފުން ދަނީ ރަށުގެ އެކި ހިސާބުތަކުގައި ތިބެ، ރެންޑަމް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުތަކަށް ގޮސް، އެ މަސައްކަތަށް އެއްބާރުން ދިނުމަށް އެ ސިޓީގެ ރައްޔިތުން ކިބައިން ކޭއާރުއެޗްއިން ވަނީ އެދިފަ އެ...

ސަސްޕެންޝަންގައި ތިބި ޝިޔާމާ އާއި ނިޝާމާ ވަކިކޮށްފި
Raajje

ސަސްޕެންޝަންގައި ތިބި ޝިޔާމާ އާއި ނިޝާމާ ވަކިކޮށްފި

ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި ހިނގި ޚިޔާނާތާއި ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާއި މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާ ދީފައި ވަނިކޮށެވެ. މި ދެ ބޭފުޅުން ސ...

ދިއްދޫއިން ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި 121 މީހެއްގެ ސާމްޕަލް ނަގައިފި
Thiladhunmathi News

ދިއްދޫއިން ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި 121 މީހެއްގެ ސާމްޕަލް ނަގައިފި

ހއ. ދިއްދޫއިން ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި 121 މީހެއްގެ ސާމްޕަލް ނަގައިފި އެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ މެއި 1 ވަނަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެމީހާގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި އެރޭ 28 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ނެގެޓިވްވިއިރު، އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި ރޭ ވަނީ 121 […]

އިންޓަނެޓްގެ އަގު ހެޔޮވުމާ ގުޅޭގޮތުން ދައުރުވަނީ އެންމެ ސައްހަ ޚަބަރެއް ނޫން: ފައްޔާޒް
Raajje

އިންޓަނެޓްގެ އަގު ހެޔޮވުމާ ގުޅޭގޮތުން ދައުރުވަނީ އެންމެ ސައްހަ ޚަބަރެއް ނޫން: ފައްޔާޒް

ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮ ކުރުމާ ބެހޭ ގޮތުން މީޑިއާގައި ދައުރުވަނީ އެންމެ ސައްހަ ޚަބަރު ނޫންކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރޭ ވަނީ ޚަބަރު ފަތުރާފައެވެ. އެ ޚަބަރަށް އިޝާރާތް ކުރަށްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިންޓަނެޓްގެ އަގާމެދު ދައުރުވަމުން […]

ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 74 ވަނަ މީހާއެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 465 މީހުންނެވެ. އޭގެ ކުރީ ދުވަހު 318 މީހުންނެވެ. މިވަގުތު ރާއްޖޭގައި […]

ރާއްޖެ ސަރަހައްދުން ބޭރުގެ ފަސް ބޯޓެއް އަތުލައި، ސިފައިންގެ ބެލުމުގެ ދަށަށް!
Raajje

ރާއްޖެ ސަރަހައްދުން ބޭރުގެ ފަސް ބޯޓެއް އަތުލައި، ސިފައިންގެ ބެލުމުގެ ދަށަށް!

ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް އަތުލައިގެންފި އެވެ. އެ މަސްބޯޓުތައް ރާއްޖެ ސަރަޙައްދަުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ރާއްޖޭގެ އީއީޒެޑް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށެވެ. މިގޮތުން އެ ބޯޓުތައް އަތުލީ، މ. އަތޮޅާއި ވ. އަތޮޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލު އެތެރެއިން ނެވެ. މި ބޯޓްތައް އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް […]

ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުންމަނާ!
Thiladhunmathi News

ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުންމަނާ!

ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ކުކުޅު ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް ބުނެފައި ވަނީ ދިވެހިރާއްޖެއަށް ކުކުޅު ބިސް އިމްޕޯޓްކޮށް ވިއްކަން ބެހެއްޓޭނެ މިންގަނޑުތަކެއް ކަނޑައަޅާ މިއަދު ނެރުނު ޢިއުލާނެއްގަ އެވެ. މި ޢިއުލާންގައި އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ކޮށްފަ އެވެ. އެ އުސޫލުގައިވާ...

Thiladhunmathi News

ނެއްލައިދޫގައި މަސްޓޭންކަކަށް ބްލީޗްއަޅައިފި، 26 ހާސް ރުފިޔާގެ މަސް މަރު!

ހދ. ނެއްލައިދޫގެ އައިރިސް، އިބްރާޙީމް އާދަމް އޭނާގެ ގޭގައި ހަދާފައި ހުންނަ ބޮޑު މަސްޓޭންކުގައި ހުންނަ މަސްތައް ބަލަހައްޓަނީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އެކަމަށް އޭނާ އެހާ ބޮޑު ހޭދައެއް ކުރާ ކުރުން ވެސް އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުގާއި ލޯބި ދައްކުވައި ދެއެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު އޮފީސް ނިންމާފައި ގެއަށް އައިސް އިބްރާހީމް ފުރަތަމަ ދިޔައީ މަސްތައް ދެކިލުމަށް މަސްޓޭންކް ކައިރިއަށެވެ. އެވަގުތު އިބްރާޙީމްގެ ނޭފަތުގައި ޖެހުނީ ގަދަ ބްލީޗްގެ ވަހެވެ. […]

ހަނިމާދޫއިން ނެގި ސާމްޕަލްތައް ނެގެޓިވް، މިރޭ ރެންޑަމް ސާމްޕަލް ނަގަނީ!
Thiladhunmathi News

ހަނިމާދޫއިން ނެގި ސާމްޕަލްތައް ނެގެޓިވް، މިރޭ ރެންޑަމް ސާމްޕަލް ނަގަނީ!

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި އިތުރު ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ [...

ދިއްދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތްފަށައިފި
Thiladhunmathi News

ދިއްދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތްފަށައިފި

ހދ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއަދު މެންދުރުފަހު 13:15 ގައި ފެށި މި މުބާރާތް ކުރިއަށް ދަނީ ދިއްދޫގައި ހުންނަ “އަތޮޅު ގޭގެ” މީޓިން ރޫމްގަ އެވެ. މި މުބާތުގައި ޖުމްލަ 209 ދަރިވަރުން ކިޔަވަން ތާވަލުކޮށްފައިވާއިރު، ބަލައިގެން ކިޔެވުމުގެ ބައިގައި 128 ދަރިވަރެއް ކިޔަވާނެއެވެ. 57 […]

ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް ޢަލީ މާޖިދު
Raajje

ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް ޢަލީ މާޖިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. ހިޔަމަ ޢަލީ މާޖިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް...