ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދައަރާ އެކިވަރުގެ ގެއްލުން ވަމުން އެބަދެއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކޮށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ތިންވަނަ ފަހަރަށް ދައްމާލާފައިވާއިރު، ތިލަދުންމަތި ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ މޫސުން ގޯސްވެފަ އެވެ. ޖުމްލަ ގޮތެއް ރަށްތަކަށް ދިމާވަމުން ދަނީ އުދައެރުމާއި، […]