Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,527 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ފުނަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަޒީރު ޝިޔާމްއާއެކު މަޝްވަރާކޮށްފި
Raajje

ފުނަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަޒީރު ޝިޔާމްއާއެކު މަޝްވަރާކޮށްފި

ށ. ފުނަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން، އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލް ބައިވެރިވެލެއްވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮ...

އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރު ނައްތާލުމަށް ފަސްޓް ލޭޑީ ގޮވައިލައްވައިފި
Raajje

އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރު ނައްތާލުމަށް ފަސްޓް ލޭޑީ ގޮވައިލައްވައިފި

އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ “ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް” ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ ބައިނަލްއަގުވާމީ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ “އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާރސް ފޮރ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން...

ބޭންކް އެކައުންޓްތައް "ކުއްޔަށް" ދިނުމަކީ ބޮޑު ޖިނާއީ ކުށެއް، ފިޔަވަޅު އަޅާނެ
Raajje

ބޭންކް އެކައުންޓްތައް "ކުއްޔަށް" ދިނުމަކީ ބޮޑު ޖިނާއީ ކުށެއް، ފިޔަވަޅު އަޅާނެ

މީސް މީޑިއާގެ އެކި މަންސަތަކުގައި ބޭންކް އެކައުންޓްތައް “ކުއްޔަށް” ދިނުމަށް ބާރުއަޅައި ކުރާ އިޝްތިހާރުތަކަށް ސަމާލުވުމަށާއި، އެއީ ބޮޑު ޖިނާއީ ކުށެއް ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަރުގަދަ އިލްތިމާސެއް ނެރެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން “ދުވަހު މުސާރައެއް” ނުވަތަ އުޖޫރައެއް ދޭނެ ކަމަށް ބު...

ކަމަރު ބަންނަންވީ ރައީސް މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް: އަބުދުއްރަހީމް
Raajje

ކަމަރު ބަންނަންވީ ރައީސް މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް: އަބުދުއްރަހީމް

އުންމީދު އައުކޮށް ކަމަރު ބަންނަންވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބުއްރަހީމް މިފަދައިން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ހިމަންދ...

ފޯކައިދޫގެ ހާފިޒު ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ
Thiladhunmathi News

ފޯކައިދޫގެ ހާފިޒު ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ

ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ/ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން ރަތްދޫލައިގެ މަރުޙަބާއެއްކިޔަން ތައްޔާރުވެއްޖެއެވެ. އުމުރުން 23 އަހަރުގައި ފާއިން ހޯދި މި ކާމިޔާބީ އަކީ ފޯކައިދޫގެ ތާރީޚްގެ ތެރެއަށް އިތުރުވެގެން ދިޔަ ފަޚްރުވެރި ބޮޅެކެވެ. ފޯކައިދޫ ކައުންސިލުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކޮށްފައިވާ ފާއިން ރަށަށާއި، އަތޮޅަށް ހޯދައިދިނީ ރީތި ފަޚްރުވެރި ނަމެއްކަން ފާހަގަކޮށްފައެވ...

ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ދޭންފެށި ދެވަނަ ބޭރު ގައުމަކަށް ލަންކާ
News

ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ދޭންފެށި ދެވަނަ ބޭރު ގައުމަކަށް ލަންކާ

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެން...

ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ބުނެ ފަތުރަނީ ދޮގެއް: މޯލްޑިވިއަން
Business

ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ބުނެ ފަތުރަނީ ދޮގެއް: މޯލްޑިވިއަން

އެކުންފުނީގެ ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ފަތުރާ ވާހަކަ ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ދޮގުކޮށްފިއެވެ. މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން އޯލް އިންކްލޫސިވް ޚިދުމަތް ތަޢާރަފުކުރަން އުޅޭކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ވާހަކަ ފަތުރާފައެވެ. މޯލްޑިވިއަން އިން މިކަން ދޮގުކޮށްފައި ވަނީ މިއަދު އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނީ، އެކުންފުނީގެ ފްލައިޓްތަކުގައި އަލ...

ރާއްޖެ-ލަންކާ ސިޔާސީ ގުޅުމަށް 60 އަހަރު: ހަނދާނީ ގަސް އިންދުމުގެ ހަރަކާތެއް
Raajje

ރާއްޖެ-ލަންކާ ސިޔާސީ ގުޅުމަށް 60 އަހަރު: ހަނދާނީ ގަސް އިންދުމުގެ ހަރަކާތެއް

ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ހަނދާނީ ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މި ހަރަކާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައ...

ހުޅުމާލެ ޗެނަލް ޕާކަށް ކޯމަސް އައިނެއް ވަދެއްޖެ
Raajje

ހުޅުމާލެ ޗެނަލް ޕާކަށް ކޯމަސް އައިނެއް ވަދެއްޖެ

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކޯމަސް އައިނެއް ވަދެއްޖެއެވެ. މި ޗެނަލް ޕާކަކީ ދެ ކޮޅުން ކަނޑާއި ގުޅިފައިވާ ތަނެކެވެ. މިތަނަށް ކޯމަސް އައިނެއް ވަދެގެން އުޅޭ ވީޑިއޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ކޯމަސްތައް ޗެނަލް ޕާކުތެރޭ ދުވާތަން ވީޑިއޯއެއް އެކްސްގައި ޕޯސްޓް ކުރަމުން އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އަހްމަދު އިބްރާހީމް (ޕޮކަންޑި) ވިދާޅުވެފައި ވަނީ، ”މިވަގުތު ހުޅުމާލެ ޗެނަލް ޕާކަށް ހީނުކުރާ ކަހަލަ […]

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ހަތް ފަހުމުނާމާއެއް
Raajje

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ހަތް ފަހުމުނާމާއެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހަތް ފަހުމުނާމާއެއްގައި މިއަދު ބަދަލުކޮށްފިއެވެ. މި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގެންނެވިއެވެ. އެއްބަސްވުންތައް އެކުލެވިގެންވާ މައިގަނޑު ދާއި...

މާލޭގެ ރަށްވެއްސަކަށްވިތާ އަހަރެއް ނުވިޔަސް، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާނަމަ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެގޮތް ހަދައިފި
Raajje

މާލޭގެ ރަށްވެއްސަކަށްވިތާ އަހަރެއް ނުވިޔަސް، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާނަމަ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެގޮތް ހަދައިފި

މާލޭގެ ރަށްވެއްސަކަށްވިތާ އެއް އަހަރު ދުވަސް ހަމަނުވި ނަމަވެސް، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތަށް ހައުސިން މިނިސްޓްރީން އުސޫލަށް ބަދަލު ގެނެސްފިއެވެ. މި ބަދަލާއެކު، މި ސަރުކާރުގެ ‘ބޯހިޔާވަހިކަން އެންމެނަށް’ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އިތުރު ބަޔަކަށް ވަނީ ހުޅުވިފައެވެ. ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަމުގެ ލިޔުމާއި ރަށްވެހިވި ތާރީހު އެނ...

ލަންކާއިން ރައީސްއަށް ކީ މަރުހަބާއިން ދައްކުވައި ދިނީ ދެ ޤައުމުގެ ބަދަހި ގުޅުން
Raajje

ލަންކާއިން ރައީސްއަށް ކީ މަރުހަބާއިން ދައްކުވައި ދިނީ ދެ ޤައުމުގެ ބަދަހި ގުޅުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ވަޑައިގަތުމުން ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އެދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާއެވެ. މި އިސްތިގުބާލުގައި ރައީސަށް ރަތް ދޫލައިގެ މަރުޙަބާއެއް...

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް
Raajje

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސްޕޯކްސްޕަރސަނަކަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސައިފިއެވެ. ޕީއެންސީން އިއްޔެ ވަނީ އެ ޕާޓީގެ ސްޕޯކްސްޕަރސަނަކަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި ފިރުޒުލް ހަމަޖެއްސިކަން ޢިއުލާންކޮށްފައެވެ. އަދި އޭނާ އަށް އެ ޕާޓީން ވަނީ މަރުޙަބާ ކިޔާފައެވެ. 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)...

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލީ ދެ ކެންޑިޑޭޓުން
Raajje

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލީ ދެ ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދު މެންދުރުފަހު 15:00 ގެ ނިޔަލަށް ހަމަވިއިރު، ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ޖުމްލަ ދެ ކެންޑިޑޭޓަކު ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން އެއް ކެންޑިޑޭޓަކާއި، ސަރުކާރު ހިން...

އިސްކަންދެނީ ޤާބިލު ދިވެހި ކުންފުނިތަކަށް، 23,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިއްޖެ: ރައީސް
Raajje

އިސްކަންދެނީ ޤާބިލު ދިވެހި ކުންފުނިތަކަށް، 23,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިއްޖެ: ރައީސް

މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެނީ ޤާބިލު ދިވެހި ކުންފުނިތަކަށް ކަމަށާއި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގައި އަލަށް 23,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ހިމެނޭހެން އުފެދުނު މި ވަޒީފާތަކަކީ މަސައ...