އިހްސާނަށް އެމްޑީޕީން ވޯޓު ދިނުމަކީ ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަމުގެ ހާމަވާކަމެއް: ޝުޖާޢު
ހޯމް މިނިސްޓަރު އަލީ އިހްސާނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރުހުން ދެއްވުމަށް ވޯޓު ދެއްވުމަކީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިޙްސާނަށް...