Skip to main content

Thiladhun

Writer
🇲🇻 ތިލަދުން Desk
327 Stories
101 Reads

Published on ތިލަދުން (Thiladhun) by Thiladhun

ސިޔާސީ އަޑެއް ކިޔައިފި، ރެނދެއްލާނެތަ؟
Report

ސިޔާސީ އަޑެއް ކިޔައިފި، ރެނދެއްލާނެތަ؟

އިއްޔެއަކީ މި ސަރުކާރު ހިނގަގަތްފަހުން ސިޔާސީ އެންމެ ބޮޑު އެއް އަޑުކީ އެއް ދުވަހަށްވާނެއެވެ. އިވިގެން ދިޔައީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވުމުގެ އަމަލީ މަސައްކަތް ފައްްޓަވާފައިވާ ކަމުގެ އަޑެވެ. ރައީސް ޞާލިޙްގެ އެ ނިންމުން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް އެންގެވިކަމުގެ އަޑެވެ. އެ އަޑާއެކު އޭގެފަހަތުން ހަގީގަތްތަކެއް ވެސް ކުލަވާކަން ޤަބޫލު ކުރެވެއެވެ. ސަބަބަކީ ރައީސް ޞާލިޙް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވަ...

ފަހު ވަގުތަށް މަޑުނުކޮށް ރީ ރަޖިސްޓްރީ ވުމަށް އީސީއިން އެދެފި
News

ފަހު ވަގުތަށް މަޑުނުކޮށް ރީ ރަޖިސްޓްރީ ވުމަށް އީސީއިން އެދެފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް ފަހުވަގުތަށް މަޑުނުކޮށް އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލެވިފައިވާއިރު ރީރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެ...

އޯ.އައި.ސީ ގެ ސަފީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި
Raajje

އޯ.އައި.ސީ ގެ ސަފީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރ އޯ.އައި.ސީ ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ވާޗުއަލްކޮށް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަލިއަޅުއްވާލެއްވީ 1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ޤައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. މިނިސްޓަރުގެ ވަހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ދެމެހެއްޓ...

ދ. މީދޫ ކައުންސިލް ސަސްޕެންޑު ކޮށްފި
Raajje

ދ. މީދޫ ކައުންސިލް ސަސްޕެންޑު ކޮށްފި

ދ. މީދޫ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފި އެވެ. އެލްޖީއޭއިން އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، ކައުންސިލަރުންގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފަ...

ވެކްސިން ކެމްޕޭނަށް އެހީތެރިވުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެއަށް
Raajje

ވެކްސިން ކެމްޕޭނަށް އެހީތެރިވުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެއަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމަކަށް “ކޯވިޑް-19 ދިފާޢު” ވެކްސިން ކެމްޕެއިނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އެއަރ ފޯސްގެ ޞިއްހީ ދާއިރާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. 23 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމު، މިއަދުގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސްގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ...

މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި
Thiladhunmathi News

މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި

ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތް ފަށައިފި އެވެ. މާރަންދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މަސައްކަތަށް ބޭނެންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށާފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކައުން...

ދިއްދޫގެ 245 ހައުސިންގ ޔުނިޓުގެ މަހު ކުލި ދައްކަން އަންގައިފި
Thiladhunmathi News

ދިއްދޫގެ 245 ހައުސިންގ ޔުނިޓުގެ މަހު ކުލި ދައްކަން އަންގައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. ދިއްދޫ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން މަހު ކުލި ދައްކަންޖެހޭ ފަރާތްތަކުން 01 މާރޗް އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން...

އަލީ ވަހީދު ފުރުން: ''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ'' 
Report

އަލީ ވަހީދު ފުރުން: ''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ'' 

މިމަހުގެ ނުވަ ވަނަ ދުވަހުގެރޭ ބައެއް މީޑިއާތަކުން ތިލަކޮށްލި ޚަބަރަކީ ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރިކަމުގެ ޚަބަރެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު...

ރިލްވާން އުޅުނު ފްލެޓް ކައިރިން ފެނުނު ވަޅިއާއިގުޅޭ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފި
Thiladhunmathi News

ރިލްވާން އުޅުނު ފްލެޓް ކައިރިން ފެނުނު ވަޅިއާއިގުޅޭ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި އޭނާ ގެއްލުނު ރޭ، އޭނާ ދިރިއުޅުނު ފްލެޓު ކައިރިން ފެނުނު ވަޅިއާއި ގުޅޭ ސާބިތުހިފޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާގެ ފައިސާ އިނާމެއް ހުށަހަޅައިފި އެވެ. ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެ ވަޅީގެ ފޮޓޯއެއް އާންމުކޮށް، ބަޔާނެއް އާންމު ކޮށްފަ އެވެ. އެ ބަޔާނުގައި އެ ކޮމިޝަނުން ބުނީ އެ ވަޅިއަކީ އޯގަސްޓް 7، 2014 […]

ފުރަތަމަ ވެކްސިން ޖަހާ ރައްޔިތުންނަށް ނަމޫނާ ދެއްކެވީ ކުޅުދުއްފުށީ ދެދަރިން
Thiladhunmathi News

ފުރަތަމަ ވެކްސިން ޖަހާ ރައްޔިތުންނަށް ނަމޫނާ ދެއްކެވީ ކުޅުދުއްފުށީ ދެދަރިން

މީގެ ޒަމާންތަކެއް ކުރީން ރާއްޖެ ދުއް ބޮޑު ރޯގާ، “ސްޕެނިޝް ފްލޫ” އަކީ ދުނިޔޭގެ ތިން ބައިކުޅަ އެއްބައި މީހުނަށް ޖެހި، 60 މިލިއަނާ 100 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ހުމެކެވެ. 1918 ވަނަ އަހަރު ޖަނަވަރީ މަހު ކަރައިގައި ފެތުރެން ފެށިކަމަށް ބުނާ މި ބޮޑުރޯގާ ދުނިޔެ ތަޖުރިބާ ކުރިތާ 102 އަހަރުގެ ފަހަށް ސޮއްސާލާފައި ވާއިރު، ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރިކޮށްލީ 2019 ވަނަ އަހަރު […]

ގެސްޓުހައުސް އެޅުމަށް ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށްލައިފި
Thiladhunmathi News

ގެސްޓުހައުސް އެޅުމަށް ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށްލައިފި

ހއ. ހޯރަފުށީގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ. ހޯރަފުށީ ޓޫރިޒަމް ޒޯނުން 7 ބިމެއް، އެރަށު ކައުންސިލުން މިއަދު ބީލަމަށް ހުޅުވާލާފައި މިވަނީ އެރަށުން ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމްއޯޔޫގައި ހޯރަފުށީ ކައުންސިލާއި، ޓޫރިޒަމް މިނިސްޓަރީއާއި ދެމެދު މިއަދު ސޮއި ކުރެވިގެން ދިޔުމާއިއެކުގައެވެ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން...

''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟
Report

''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟

ކޮރޯނާ ވައިރަސްގެ ބަލާއާފާތުން މިންޖުވެ، ހަމަ ނޭވާއެއްލުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާތާ އަހަރަކަށް ވުރެވެސް ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ދުނިޔެއަށް އުންމީދުގެ އަލިކަމެއް ގެނެސްދީފައިވަނީ ދުނިޔޭގެ ޤައުމުތަކުގައި އުފައްދުމުގެ އެކި މަރުހަލާތައް ކަޑައްތު ކޮށްފައިވާ ކޯވިޑް-19ގެ ވެކްސިންތަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑަށް ފަރުވާއެއް ހޯދުމަށް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ތަހުލީލު ކުރުމުގެ މަރުހަލާގައިވާއިރު، 173 ވެކްސިނެއް...

ކުޑަ ދެ ކުންދިގެ މަންމަ އިކުރާމާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހީތެރި ވެދެއްވާ!
Column

ކުޑަ ދެ ކުންދިގެ މަންމަ އިކުރާމާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހީތެރި ވެދެއްވާ!

ހއ. ހޯރަފުށީ، ރިވޯޑް/ މަރްޔަމް އިކުރާމާ (އިކޫ) އަކީ ދެ ކިޑްނީ ފެއިލް ވެފައިވާ ކުޑަކުޑަ ދެ ކުދީންގެ މަންމައެކެވެ. އިކޫގެ ދެ ކިޑްނީ ފެއިލްވިކަން އެނގުނީ ކުއްލި ގޮތަކަށެވެ. ކުޑަ ކުޑަ ދެ ކުދިންގެ މަންމަ، އިކޫގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެއްބަނޑު އެއްބަފާ ބޭބެ ވަނީ ކިޑްނީ ހަދިޔާކުރުމަށް ނިންމާފައި އެވެ. މިގޮތުން އެ ޢާއިލާއިން ދަނީ އިކޫގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި ހެޔޮ ދުޢާ، […]

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް
Thiladhunmathi News

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ. ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ. ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު...

އެމްއެމްސީގެ ރައީސްއަކަށް ޝަހުބާން، ނައިބަކަށް ޘަޤީފް
Raajje

އެމްއެމްސީގެ ރައީސްއަކަށް ޝަހުބާން، ނައިބަކަށް ޘަޤީފް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމުގެ މަޤާމަށް ސަންގް ޓީވީގެ ޝަހުބާން ފަހުމީ އަދި ނައިބު ރައީސް އަކަށް ތިލަދުންގެ ޙުސައިން ޘަޤީފް(ސަގީ) އިންތިޚާބު ކޮށްފިއެވެ. އެމްއެމްސީގެ ރައީސްސާއި، ނައިބު ރައީސް އިންތިޚާބު ކުރުމަށް ވޯޓު ނެގުން އޮތީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. މިގޮތުން އެ ކައުންސިލްގެ ރައީސް ކަމަށް ތިން ބޭފުޅަކު ވާދަ ކުރެއްވިއެވެ. އެ ތިން ބޭފުޅުންނަކީ ޕަބްލިކް ސާވިސް މީޑިއާގެ ޢަލީ ޙުސައިނާއި، ސަންގް ޓީވީގެ ޝަހުބާން ފަހުމީއާއި އަދި އަމިއްލަ […]