ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތް ފަށައިފި އެވެ.

މާރަންދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މަސައްކަތަށް ބޭނެންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށާފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ.

Ad
rt

އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކައުންސިލުން ޓެންޑާކުރެވުނު މިމަސައްކަތް ކާމިޔާބު ކޮށްފައިވަނީ މާރަންދޫއަށް ނިސްބަތްވާ ކުންފުންޏަކުން ކަމަށެވެ.

މާރަންދޫ ރަތްޔިތުންގެ އުންމީދުތައް މިސަރުކާރުންދަނީ ފުރިހަމަ ކޮށްދެމުން، އަދި މާރަންދޫ ރައްޔިތުންގެ ނަމުގައި އަދުގެ ސަރުކާރަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްއަށް ޝުކުރުދަންނަވަން

އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޝިފާޢު ވިދާޅުވި އެވެ.

މާރަންދޫ ޞިއްޙީ މަރުކަޒުގެ އިތުރުކުރެވޭ އިމާރާތުގެ މަޝްރޫޢު މާރަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ މާރޗް މަސް ތެރޭގައެވެ.

Maarandhoo ge Health Center extension masahkathuge contract ga soe kurithaa kudavaguthu kolheh thereyga masahkathah...

Posted by Ihavandhoo Dhaairaa on Monday, March 1, 2021

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ އޭރު ހަވާލުކުރީ އޭގެ ދަށުންނެވެ.

މިޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދަން އެކައުންސިލުން ދެފަހަރެއްގެ މަތިން އިޢުލާން ކޮށްފައިވެއެވެ.