ހއ. ހޯރަފުށީ، ރިވޯޑް/ މަރްޔަމް އިކުރާމާ (އިކޫ) އަކީ ދެ ކިޑްނީ ފެއިލް ވެފައިވާ ކުޑަކުޑަ ދެ ކުދީންގެ މަންމައެކެވެ.
އިކޫގެ ދެ ކިޑްނީ ފެއިލްވިކަން އެނގުނީ ކުއްލި ގޮތަކަށެވެ. ކުޑަ ކުޑަ ދެ ކުދިންގެ މަންމަ، އިކޫގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެއްބަނޑު އެއްބަފާ ބޭބެ ވަނީ ކިޑްނީ ހަދިޔާކުރުމަށް ނިންމާފައި އެވެ.
މިގޮތުން އެ ޢާއިލާއިން ދަނީ އިކޫގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި ހެޔޮ ދުޢާ، އެ އާއިލާއިން ބޭނުންވެއެވެ.
މިކަމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އިންޑިޔާގައި ތިބުމުގެ ކުއްޔާއި، ދަތުރުފަތުރު އަދި ކެއުން ބުއިމުގެ 6 މަސް ދުވަހު ވަރަށް ބޮޑު އަދަދެއް ހޭދަ ވާނެކަމަށް މިކަމުގައި ކުރިން އުޅުނު ފަރާތްތަކުން ވެސް ވަނީ އެ ޢާއިލާއަށް ލަފާދީފައި އެވެ. އެ ޢާއިލާގައި އެފަދަ ތަނަވަސްކަމެއް ނެތުމުން މިއަދު އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ އެހީތެރިކަމަށެވެ.
މަރްޔަމް އިކުރާމާ (އިކޫ)ގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހީ ތެރިވުމަށް
ބީއެމްއެލް އެކައުންޓު ނަންބަރު: (ރުފިޔާ)
7730000347478 ، މަރްޔަމް އިކުރާމާ
ބީއެމްއެލް އެކައުންޓު ނަންބަރު (USD)
7730000347480، މަރްޔަމް އިކުރާމާ
ގުޅޭނެ ނަންބަރު:
7678557
އިކޫއާއި، ކުޑަ ދެ ކުދިންނާއި މުޅި ޢާއިލާގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ތިޔަ ބޭފުޅުންކުރެ، އެ ބޭފުޅަކަށް ވެވުނު މިންވަރަކުން އެހީތެރި ވެދެއްވާށެވެ. އެހީތެރިވެވެން ނެތްނަމަ މިކަން ފަހިވެ، އިކޫއަށް އަވަސް ޝިފާއެއް ދެއްވުންއެދި ދުޢާކޮށް ދެއްވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!