ހުޅުމާލެ އަކީ އާއިލާތަކަށް ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް މަސައްކަތް ފަށައިފި
ހުޅުމާލެއަކީ އާއިލާތަކަށް އިތުރަށް ހިތްފަސޭހަ އަދި ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑްވޮކޭޓިންގ ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ހުޅުމާލޭގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި، މޫސުމީ...