އުރީދޫ މޯލްޑިވްސްއިން އުރީދޫ އެޕްގައި ހިމެނޭ "އޮޓޯޕޭ" ފީޗާ މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް ރީޗާޖްކުރުމާއި ނުވަތަ އެޑް-އޯންތައް ގަނެވޭނެ ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދީފިއެވެ.
މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާއެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.
މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަޖެޓާ އެއްގޮތަށް ނުވަތަ ކަސްޓަމަރަށް އެންމެ ފަސޭހަ ތާރީޚެއްގައި ފައިސާ ދެއްކުމަށް އޮޓޯޕޭ ސެޓްކޮށްލުމުން، އަމިއްލައަށް ފައިސާ ދެއްކުމުގެ ބަދަލުގައި އޮޓޮމެޓިކުން މުޢާމަލާތްތައް ނިންމާލަދޭނެއެވެ. އޮޓޯޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް އެމީހުންގެ ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، އުރީދޫ އެޕް މެދުވެރިކޮށް ގަވާއިދުން ކުރަންޖެހޭ މުޢާމަލާތްތައް ތާވަލުކުރެވޭނެއެވެ. މިއާއެކު، ބިލް ނުދެއްކިގެން ޚިދުމަތް މެދުކެނޑުމުގެ ބިރު ނެތި، ކަނޑައަޅާފައިވާ ދުވަހު އޮޓޮމެޓިކުން ފައިސާ ދައްކައިދޭނެއެވެ.
މި ފީޗާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި، ޕްރީޕެއިޑް ރީޗާޖްތަކާއި، އަދި އެޑް-އޯންތައް ގަތުން ފަދަ ތަފާތު ކަންކަމަށް އޮޓޯޕޭ ސެޓްކުރެވޭނެއެވެ. އަދި މި ހުރިހާ ކަމެއްވެސް އުރީދޫ އެޕް މެދުވެރިކޮށް ބަލަހައްޓައި ބަދަލުތައް ގެނެވޭނެއެވެ. އޮޓޯޕޭ ސެޓްއަޕް ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކޮންމެ މުޢާމަލާތެއް ކުރާއިރުވެސް ކަސްޓަމަރު ބޭނުންވާ ކާޑެއް ސޭވްކޮށްލެވޭނެއެވެ.
އޮޓޯޕޭ އެކްޓިވޭޓް ކުރުމަށް އުރީދޫ އެޕްގެ "މޯ" މެނޫއިން "އޮޓޯޕޭ" ބަޔަށް ގޮސް، އޮޓޮމެޓިކުން ފައިސާ ދައްކަން ބޭނުންވާ ޚިދުމަތް ޚިޔާރުކޮށް، އެންމެ އެކަށީގެންވާ ދުވަސް ކަނޑައެޅޭނެއެވެ. ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި ބާރުވެރިކަން ލިބޭނެ ފަދަ ޚިދުމަތްތަކާއި ފީޗާތައް ތަޢާރަފުކުރަމުންނެވެ.
އުރީދޫ އެޕް މެދުވެރިކޮށް އޮޓޯޕޭ ސެޓްކޮށްލައިގެން، ބޭނުންވާ ދުވަހެއްގައި ފައިސާ ދެއްކުމުގެ ހިތްހަމަޖެހުން ހޯދޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް، އުރީދޫގެ ވަރޗުއަލް އެސިސްޓަންޓް "އެވީ" އާ https://ore.do/evee މެދުވެރިކޮށް ޗެޓް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!