ބޭންކްތަކަށް ދޫކުރާ ޑޮލަރު 25 ޕަސެންޓް އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް މި ބަދަލަށް އަމަލުކުރަމުންދާނެ ކަމަށެވެ. އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ...