އުރީދޫ ހޮޅުއަށި މެދުވެރިކޮށް އިތުރު މުނިފޫހިފިލުވުމާއި، ތައުލީމީ އަދި ގޭމިންގެ ހިދުމަތްތައް!
އުރީދޫ މޯލްޑިވްސްގެ ސުޕަ އެޕްގައި ހިމެނޭ ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސް، “އުރީދޫ ހޮޅުއަށި” މެދުވެރިކޮށް ކަސްޓަމަރުންނަށް މުނިފޫހިފިލުވުމާއި، ތައުލީމީ އަދި ގޭމިންގެ ގިނަ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިއީ ކަސްޓަމަރުންނަށް އެއް ތަނަކުން އެކި ބާވަތުގެ ޑިޖިޓަލް އުފެއްދުންތައް ބަލައި، ގަތުމަށް ފަރުމާކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ. ފަސޭހަ އިންޓަފޭސަކާއެކު ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ތަފާތު ކޮންޓެންޓްތަކަށް އެކްސެސް ވެވޭނެ...