Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,279 Stories
6,450 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

އިންޑިއާގައި ގައުމުން ބޭރަށް ވަޒީފާއަށް ދާން ބޭނުންވާ މީހުންނަށް ވަގު ސެޓްފިކެޓް ވިއްކާ ބަޔަކު ހައްޔަރުކޮށްފި
International

އިންޑިއާގައި ގައުމުން ބޭރަށް ވަޒީފާއަށް ދާން ބޭނުންވާ މީހުންނަށް ވަގު ސެޓްފިކެޓް ވިއްކާ ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ އެކި ޔުނިވާސިޓީތަކުގެ ނަމުގައި ވަގު ޑިގްރީ ސެޓުފިކެޓުތައް ތައްޔާރުކޮށް، ބޭރު ގައުމުތަކުން ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެ ތަކެތި ވިއްކަމުންދިޔަ މައްސަލައެއްގައި އިންޑިއާގެ ސިވަކާސީއަށް ނިސްބަތްވާ ތިން މީހަކު ކެރެލާ ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި އިންޑިއާގެ ވިރުދުނަގަރު ޑިސްޓްރިކްޓްގެ ސިވަކާސީން ހައްޔަރުކޮށްފައިވަނީ ޖައިނުލާބިދީން (40 އަހަރު)، ވެންކަޓޭޝް (24 އަހަރު) އަދި އަރަވިންދު ކުމާރު (24 އަހަރު) އެވެ. މި ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އެކި ޔުނިވާސިޓީތަކުގެ...

އެޕްސްޓީންއާ ގުޅޭ ލިޔުންތަކުން ފެނުނީ ހުޅަނގުގެ އަސްލު ސޫރަ: ރަޝިޔާ
International

އެޕްސްޓީންއާ ގުޅޭ ލިޔުންތަކުން ފެނުނީ ހުޅަނގުގެ އަސްލު ސޫރަ: ރަޝިޔާ

އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން ދާދިފަހުން އާންމުކުރި ލިޔެކިޔުންތަކަކީ “ސާފު ސީދާ ޝައިތާނީ އަމަލުތަކެއް” ކަމަށް ސިފަކުރައްވައި، މިއީ ހުޅަނގުގެ އަސްލު ސޫރަ ހާމަވެގެންދިޔަ ކަމެއް ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެން.ޓީ.ވީ އަށް ދެއްވި ބަސްދީގަތުމެއްގައި ލަވްރޯފް ވަނީ އެޕްސްޓީން އާއި ހުޅަނގުގެ ނުފޫޒުގަދަ ފަރާތްތަކުން އުޅެމުންދިޔަ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ދިރިއުޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައ...

ބެލްޖިއަމްގެ ގެންޓު ރޯދަމަހެއް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ދިއްލާލަނީ
International

ބެލްޖިއަމްގެ ގެންޓު ރޯދަމަހެއް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ދިއްލާލަނީ

ބެލްޖިއަމްގެ ތާރީޚީ ރަށެއް ކަމަށްވާ ގެންޓުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ފުރަތަމަ ފަހަރަށް މަގުތައް ޚާއްޞަ ލައިޓްތަކުން ދިއްލާލުމަށް ނިންމައިފިއެވެ. މިއީ މުސްލިމުންގެ މިފަދަ ކަމަކާއި ގުޅިގެން ބެލްޖިއަމްގެ މުނިސިޕަލްޓީއަކުން ރަސްމީގޮތުން ބަލައިގަނެގެން، މިފަދަ ބޮޑު މިންވަރަކަށް މަގުތައް ޒީނަތްތެރިކުރާ ފުރަތަމަ ފަހަރު ކަމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. ސިޓީ ކައުންސިލްގެ ހުއްދައާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ގޭންޓުގެ އެންމެ ގިނަ ބަޔަކު ދ...

''ދައުރުކުރަނީ ގެފުޅުގެ އަސްލު އުރަކޮޅުގެ ފޮޓޯއެއް ނޫން''
International

''ދައުރުކުރަނީ ގެފުޅުގެ އަސްލު އުރަކޮޅުގެ ފޮޓޯއެއް ނޫން''

ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ބިމަށް ވައްޓާލާފައި އޮތް ކަމަށް ބުނެ، ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ހަގީގީ ފޮޓޯއެއް ނޫންކަން “އިންސައިޑް ދަ ހަރަމައިން” އިން ކަށަވަރުކޮށްދީފިއެވެ. އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓައިން އޭނާގެ ގޭގެ ތަޅުން މަތީގައި ގެފުޅުގެ އުރަކޮޅުން ބަޔެއް ފަތުރައިގެން ހުންނަ މަންޒަރު ފެންނަ ކަމަށްބުނާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯއާއި މެދު އިސްލާމީ އުންމަތް ވަނީ ވަރަށް ބޮޑަށް ނުރުހި ނުތަނަވަސް ވެފައެވެ. މި […]

ނުރައްކާތެރި ބަލިމަޑުކަން ފަތުރާފާނެ ފަދަ ޖަރާސީމުތަކަކާއެކު އިސްރާއީލު މީހަކު އަތުލައިގެންފި
International

ނުރައްކާތެރި ބަލިމަޑުކަން ފަތުރާފާނެ ފަދަ ޖަރާސީމުތަކަކާއެކު އިސްރާއީލު މީހަކު އަތުލައިގެންފި

ނުރައްކާތެރި ބަލިމަޑުކަމެއް ފަތުރާފާނެ ފަދަ ޖަރާސީމުތަކަކާއެކު، އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ އޯރީ ސޮލޮމަން އެމެރިކާގެ ލާސް ވޭގަސްއިން އަތުލައިގަނެފިއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްދަނެތް ބަޔޮލޮޖިކަލް ލެބޯޓްރީއެއް ހިންގަމުން ދަނިކޮށެވެ. ލެބޯޓްރީ ފެނުނު ގޮތާއި އެތަނުގެ ހާލަތުމި ހާދިސާ ފަޅާއަރާފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ލާސް ވޭގަސްގެ ނޯތު އީސްޓް ސަރަހައްދު...

ތައުބާ ވުމުގެ މެސެޖަށް ފަހު އިނގިރޭސި މަޝްހޫރު ރެޕަރ "ސެންޓްރަލް ސީ" އިސްލާމްވެއްޖެ
International

ތައުބާ ވުމުގެ މެސެޖަށް ފަހު އިނގިރޭސި މަޝްހޫރު ރެޕަރ "ސެންޓްރަލް ސީ" އިސްލާމްވެއްޖެ

އިނގިރޭސިވިލާތުގެ ހުޅަނގު ލަންޑަނަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ރެޕް ފަންނާނު “ސެންޓްރަލް ސީ” އިސްލާމްދީން ގަބޫލުކޮށް މުސްލިމަކަށް ވެއްޖެއެވެ. ކޮންޓެންޓް ކްރިއޭޓަރ “ޕްލެކްބޯއި މެކްސް” އާއެކު ކުރިއަށްދިޔަ ލައިވްސްޓްރީމެއްގައި، އުމުރުން 27 އަހަރުގެ މި ފަންނާނު ވަނީ އޭނާގެ ދިރިއުޅުމާ ގުޅޭ މި އުފާވެރި ޚަބަރު ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. އޭނާ ވަރަށް ސާދާކޮށް، ނަމަވެސް ސާބިތުކަމާއެކު ބުނެފައިވަނީ، “އަހަރެން މިހާރު ނަން ބަދަލުކޮށް ޝަހާދަތް ކިޔައިފިން. އަހަރެންނަކީ މިހާރު މުސްލިމެއް،” ކަމަށެވެ. ސެން...

އެޕްސްޓީންއާ ގުޅުން އޮތް މެންޑަލްސަން ސަފީރަކަށް އައްޔަންކުރި މައްސަލާގައި ޔޫކޭގެ ބޮޑުވަޒީރުގެ ޗީފް އިސްތިއުފާ ދެއްވައިފި
International

އެޕްސްޓީންއާ ގުޅުން އޮތް މެންޑަލްސަން ސަފީރަކަށް އައްޔަންކުރި މައްސަލާގައި ޔޫކޭގެ ބޮޑުވަޒީރުގެ ޗީފް އިސްތިއުފާ ދެއްވައިފި

ޖިންސީ ކުށްތަކެއް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ޕީޓާ މެންޑަލްސަން، އެމެރިކާގައި ހުންނަވާ އިނގިރޭސި ސަފީރަކަށް އައްޔަންކުރުމާ ގުޅިގެން އުފެދުނު ބޮޑު ފާޑުކިޔުންތަކާ އެކު، ބޮޑުވަޒީރު ކިއަރ ސްޓާމާގެ ޗީފް އޮފް ސްޓާފް މޯގަން މެކްސްވީނީ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިނގިރޭސި ބޮޑުވަޒީރުގެ އެންމެ އިސް ސިޔާސީ މުޝީރުގެ މަގާމުގައި ހުންނެވި މެކްސްވީނީ، ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މެންޑަލްސަން އެ މަގާމަށް އައްޔަންކުރުމަކީ ނިންމި ނުބައި ނިންމުމެއް...

ދެކުނު ކޮރެއާގެ ސައިންސްވެރިން ސިކުންތު ކޮޅެއްގެ ތެރޭ ލޭމަނާކޮށްދޭ ސްޕްރޭއެއް އުފައްދައިފި
International

ދެކުނު ކޮރެއާގެ ސައިންސްވެރިން ސިކުންތު ކޮޅެއްގެ ތެރޭ ލޭމަނާކޮށްދޭ ސްޕްރޭއެއް އުފައްދައިފި

ބޮޑެތި ޒަޚަމްތަކުން އަންނަ ލޭ ވަގުތުން ހުއްޓުވައިދޭނެ ފަދަ އިންގިލާބީ ސްޕްރޭއެއް ދެކުނު ކޮރެއާގެ ދިރާސާވެރިން އީޖާދުކޮށްފިއެވެ. ކޮރެއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ކޭއޭއައިއެސްޓީ) ގެ ސައިންސްވެރިން އުފެއްދި މި ޕައުޑަރު ސްޕްރޭއަކީ، ލޭގައި ޖެހުމާއެކު އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި މަޑު ޖެލްއަކަށް ބަދަލުވާ އެއްޗެކެވެ. މި ޖެލްގެ ސަބަބުން ޒަޚަމްވެފައިވާ ތަން ބަންދުވެ، ފުން ޒަޚަމެއް ނަމަވެސް ލޭ އައުން ވަގުތުން ހުއްޓުވައިދެއެވެ. މި އައު އީޖާދަކީ މައިގަނޑު ގޮތެއް...

އިރާނާއެކު ވިޔަފާރި ކުރާ ޤައުމުތަކުން އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނެގުމަށް ޓްރަމްޕްގެ އަމުރެއް
News

އިރާނާއެކު ވިޔަފާރި ކުރާ ޤައުމުތަކުން އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނެގުމަށް ޓްރަމްޕްގެ އަމުރެއް

އިރާނާއެކު އިޤްތިޞާދީ ގުޅުން ބާއްވާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނެގޭނެ ނިޒާމެއް ގާއިމުކުރުމުގެ ރިޔާސީ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ސޮއިކުރައްވައިފިއެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، އިރާނާ ދެކޮޅަށް އެމެރިކާއިން ކަނޑައަޅާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައި ނެރުއްވި މި އަމުރުގެ ދަށުން، އިރާނުން ސީދާކޮށް ނުވަތަ ނުސީދާކޮށް މުދަލާއި ޚިދުމަތް ހޯދާ ކޮންމެ ޤައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން، %25 އާ ހަމައަށް އ...

އިންޑިއާގައި ފާރުތަކުގައި ކުރަހައިގެން ފަގީރު ކުދިންނަށް ކިޔަވައިދޭ ޓީޗަރަކަށް 1 މިލިއަން ޑޮލަރުގެ އިނާމެއް
International

އިންޑިއާގައި ފާރުތަކުގައި ކުރަހައިގެން ފަގީރު ކުދިންނަށް ކިޔަވައިދޭ ޓީޗަރަކަށް 1 މިލިއަން ޑޮލަރުގެ އިނާމެއް

އިންޑިއާގެ މުމްބާއީގެ ފަގީރު އަވަށްތަކުގެ ކުދިންނަށް ފާރުތަކުގައި ކުރަހައިގެން އުނގަންނައިދިނުމުގައި އާދަޔާޚިލާފު ނަތީޖާއެއް ދެއްކި ޓީޗަރު، ރޫބަލް ނާގީއަށް 1 މިލިއަން ޑޮލަރުގެ ‘ގްލޯބަލް ޓީޗަރ ޕްރައިޒް’ ލިބިއްޖެއެވެ. ދުބާއީގައި ކުރިއަށްދިޔަ “ވޯލްޑް ގަވަރްމަންޓްސް ސަމިޓް 2026” ގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މުމްބާއީއަށް ނިސްބަތްވާ އާޓް އަދި ސޯޝަލް ސައިންސް ޓީޗަރެއް ކަމަށްވާ ރޫބަލް ނާގީއަށް މި ޝަރަފުވެރި އެވޯޑް ހަވާލުކޮށްދެއްވީ ދުބާއީގެ ވަލީއަހުދު، ޔޫއޭއީގެ ނައިބު ބޮޑުވަޒީރު އަދި ޑިފ...

ޕާކިސްތާނުގައި މިސްކިތެއްގައި ބޮމެއް ގޮއްވާލައި 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
International

ޕާކިސްތާނުގައި މިސްކިތެއްގައި ބޮމެއް ގޮއްވާލައި 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އަރިމަތީގައި އޮންނަ ތަރްލައި ސަރަޙައްދުގެ މިސްކިތެއްގައި ހުކުރު ދުވަހު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން، މަދުވެގެން 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އިސްލާމްއާބާދުގެ ފުލުހުން މަޢުލޫމާތު ދީފައިވަނީ މިސްކިތުގެ ތެރޭގައި ދީފައިވާ މި ހަމަލާއަކީ އަމިއްލައަށް މަރުވެގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ފުލުހުންގެ އިސް އޮފި...

"އެޕްސްޓީން މަރެއްނުވޭ! އޭނާ ހުރީ އިސްރާއީލްގައި؟" ކިހާވަރެއްގެ ވާހަކައެއް؟
International

"އެޕްސްޓީން މަރެއްނުވޭ! އޭނާ ހުރީ އިސްރާއީލްގައި؟" ކިހާވަރެއްގެ ވާހަކައެއް؟

ބައެއް ގައުމުތަކުގެ އެހާރާއި މިހާރުގެ ވެރިންނާއި ބޮޑެތި މަހުޖަނުންނާއި އެކި ފަންތީގެ ބާރުގަދަ މީހުންނާއި ގާތް ގުޅުމެއް އޮތްކަން ހާމަވި ލިޔުންތަކުން އެނގޭ އިންސާނީ ވަގުވިޔަފާރިއާއި ކުޑަކުދިންތަކެއް ނަހަމަގޮތުގައި ބޭނުންކޮށް ލާއިންސާނީ ޖަރީމާ ހިންގި ޖެފްރީ އެޕްސްޓީންގެ މަރުގެ މައްސަލައަކީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް މައްސަލައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ، ޖަލުގައި ހުއްކޮށްފައި ހުއްޓާ އޭނާ މަރުވި ކަމަށް ބުނާ ބުނުމާ މެދު އަދިވެސް...

އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވެއްޖެ
International

އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވެއްޖެ

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ހަފްތާގައި އާންމުކުރި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން، އަބުރުގެއްލިފައިވާ މަހުޖަނު ޖެފްރީ އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މަސައްކަތްކޮށްދީފައިވާ މީހެއްކަން ހާމަވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތައް މިލިއަން ސޮފްހާއެއްގެ މައްޗަށް އެކުލެވޭ މި ލިޔެކިޔުންތަކުގައި، އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެފް.ބީ.އައި އަށް ސިއްރުން މަޢުލޫމާތުދޭ އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސަރުކާރުގ...

ފްރާންސްގައި ހުންނަ އެކްސްގެ އޮފީސްތަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި
International

ފްރާންސްގައި ހުންނަ އެކްސްގެ އޮފީސްތަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް”ގެ އޮފީސްތަކަށް އެ ގައުމުގެ ފުލުހުން ވަދެ ފާސްކުރަން ފަށައިފިއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގަމުންދަނީ ޕެރިހުގެ ޕްރޮސެކިއުޓަރުގެ ސައިބަރ ކްރައިމް ޔުނިޓުންނެވެ. މި ފާސްކުރުންތަކަކީ ހުއްދަނެތި މައުލޫމާތު ނެގުމާއި، ކުޑަކުދިންގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ ބަދުއަޚްލާގީ މަންޒަރުތައް ގެންގުޅުމުގައި ބައިވެރިވުން ހިމެނޭހެން، ޖިނާއީ ބައެއް ކުށްތަކަކަށް ތުހުމަތުކުރެވޭ މައްސަލ...

މަޝްވަރާ ކުރިއަށް ނުގެންދެވި އީރާނާއި އެމެރިކާގެ އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދީފި
International

މަޝްވަރާ ކުރިއަށް ނުގެންދެވި އީރާނާއި އެމެރިކާގެ އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދީފި

މިދިޔަ ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ރޭވިފައި އޮތް އީރާނާއި އެމެރިކާގެ މަޝްވަރާތައް، ބައްދަލުވުން ބާއްވާނެ ތަނަކާއި މަޝްވަރާކުރާނެ ދާއިރާތަކާ މެދު އެއްބަސްނުވެވުމުގެ ސަބަބުން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެކްސިއޯސް އަދި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓުނީ ހައްލުނުކުރެވޭ ދެ މައްސަލައެއްގެ ސަބަބުންނެވެ. ތަނާ މެދު އުފެދުނު ދެބަސްވުން އީރާނުން ބޭނުންވީ މަޝްވަރާތައް އޮމާންގެ މަސްކަޓަށް ބަދަލުކުރުމަށެވެ. އެއީ އެ ގައުމުން އިތުބާރުކުރާ މ...