Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,279 Stories
6,511 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

ޣައްޒާގައި އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތައް ހުއްޓުވައިދިނުމަށް މަޖުބޫރުކޮށްދިނުމަށް ފަލަސްތީނުގެ އާދޭސް
International

ޣައްޒާގައި އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތައް ހުއްޓުވައިދިނުމަށް މަޖުބޫރުކޮށްދިނުމަށް ފަލަސްތީނުގެ އާދޭސް

ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ފަލަސްތީނު ސަރުކާރުން ގޮވާލައިފިއެވެ. ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ފަލަސްތީނުގެ ސަރުކާރުން ވަނީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށާއި، ސަރަހައްދީ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން އިތުރުވާ ފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރުކުރުވުމަށް އިލްތިމާސްކޮށްފައެވެ. ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ “ވާފާ” އިން ރިޕ...

ސައޫދީ އަށް މާދަމާ ރޯދަ
International

ސައޫދީ އަށް މާދަމާ ރޯދަ

ސައޫދީ އަރަބިއްޔާއަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ، މާދަމާ ނުވަތަ ބުދަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެޤައުމުގެ ސުޕްރީމް ކޯޓުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ސައޫދީ ސުޕްރީމް ކޯޓުން މިކަން އިޢުލާންކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. މި ނިންމުން ނިންމާފައިވަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސައޫދީގެ އެކި ސަރަޙައްދުތަކުގައި ހަނދު ބެލުމަށް ކަނޑައަޅާފައިވާ ރަސްމީ ކޮމިޓީތަކަށް ހަނދު ފެނުނުކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެނ...

ޔޫއޭއީގެ ''ވެރިކަމުގެ ބާރުވެރިކަމުގެ ކުޅިގަނޑުގެ'' ހަގީގަތާއި އަޑުތައް
Report

ޔޫއޭއީގެ ''ވެރިކަމުގެ ބާރުވެރިކަމުގެ ކުޅިގަނޑުގެ'' ހަގީގަތާއި އަޑުތައް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސިޔާސީ މަސްރަހުން ފަހަކަށް އައިސް ފެންނަމުންދާ ބަދަލުތަކާއި، ފެތުރެމުންދާ ޚަބަރުތަކުގެ ސަބަބުން އެ ގައުމުގެ ވެރިކަމުގެ ބާރުވެރިކަމުގެ “ގޭމް އޮފް ތުރޯންސް” ނުވަތަ ބާރުގެ ހަނގުރާމައެއް އުޅޭކަމުގެ ބަހުސް ވަނީ ގަދަވެފައެވެ. މިކަމާ ގުޅޭގޮތުން ފެންމަތިވެފައިވާ މައިގަނޑު ކަންތައްތަކަށް ބަލައިލާއިރު، އުރުދުޣާންގެ ދަތުރުފުޅު ފަސްކުރުމާއި “ފޮހެލި ޓުވީޓު” ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން 15 ފެބުރުއަރީ 2026 ގައި އަބޫދާބީއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރުމ...

އަލް ނަޞްރުގެ އަންހެން ޓީމުގެ ކެޕްޓަން ބްރެޒިލްގެ ކެތެލީން ސޫޒާ އިސްލާމްވެއްޖެ
Sports

އަލް ނަޞްރުގެ އަންހެން ޓީމުގެ ކެޕްޓަން ބްރެޒިލްގެ ކެތެލީން ސޫޒާ އިސްލާމްވެއްޖެ

ސައުދީ ވިމެންސް ޕްރެމިއާ ލީގުގެ މަޝްހޫރު ކްލަބު، އަލް ނަޞްރުގެ އަންހެން ޓީމުގެ ކެޕްޓަން އަދި ބްރެޒިލްގެ ގައުމީ ޓީމުގެ ތަރި ކެތެލީން ސޫޒާ އިސްލާމްދީން ގަބޫލުކޮށްފިއެވެ. 15 ފެބްރުއަރީ 2026 ވަނަ ދުވަހު އަލް ނަޞްރު ކްލަބުން ވަނީ މިކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. މި އުފާވެރި ޚަބަރާ ގުޅިގެން ކްލަބުގެ މައި މަރުކަޒުގައި ޚާއްޞަ އިޙްތިފާލެއް ބާއްވާފައިވާއިރު، މި ހަފްލާގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އިދާރީ މުވައްޒަފުން ބައިވެރިވެ ކެތެލީންއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. […]

ހަނގުރާމަތަކުގައި މަރުވި ސިފައިންގެ އާއިލާތަކަށް އުތުރު ކޮރެއާއިން ބޯހިޔާހިކަމުގެ ސަރަހައްދެއް ތަރައްގީކޮށްފި
International

ހަނގުރާމަތަކުގައި މަރުވި ސިފައިންގެ އާއިލާތަކަށް އުތުރު ކޮރެއާއިން ބޯހިޔާހިކަމުގެ ސަރަހައްދެއް ތަރައްގީކޮށްފި

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް ފޮނުވި ސިފައިންގެ ތެރެއިން މަރުވި މީހުންގެ އާއިލާތަކަށް ޚާއްޞަކޮށްގެން، އުތުރު ކޮރެއާގެ ޕިޔޮންގްޔަންގްގައި ބިނާކުރި އާ ބޯހިޔާވަހިކަމުގެ ސަރަހައްދު އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. “ސޭޕްޔޮލް ސްޓްރީޓް” ގެ ނަމުން ނަންދެވިފައިވާ މި ސަރަހައްދަކީ މި ޖީލުގެ ފަޚުރެއް ކަމަށާއި، މިއީ ޕިޔޮންގްޔަންގާއި މުޅި ދައުލަތަށް ލިބިގެންދިޔަ މަތިވެރި ޝަރަފެއް ކަމަށް ކިމް ވިދާޅުވި ކަމަށް އެގައުމުގެ ރަސްމީ ނޫސ...

އީރާނުގެ ރައީސްގެ މިހާރުގެ މުސާރަ އަކީ 1000 ޑޮލަރު
International

އީރާނުގެ ރައީސްގެ މިހާރުގެ މުސާރަ އަކީ 1000 ޑޮލަރު

އެމެރިކާ އާއި އިސްރާއީލް އަދި ހުޅަނގުގެ ބާރުތަކަށް ބޯ ނުލެނބުމުން އަޅާފައިވާ ދިގުދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ގައުމީ ފައިސާގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ މުސާރަ 1،000 އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ. ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އީރާނުގެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ މުސާރަ ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. މި...

''ފަލަސްތީން އެކްޝަން'' ޖަމާއަތުގެ މީހުން ހައްޔަރު ނުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނެފި
International

''ފަލަސްތީން އެކްޝަން'' ޖަމާއަތުގެ މީހުން ހައްޔަރު ނުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނެފި

އިނގިރޭސިވިލާތުގެ ހައިކޯޓުން ކުރި ހުކުމަކަށް ބޯލަނބައި، “ޕަލަސްތީން އެކްޝަން” ޖަމާއަތާ ގުޅުންހުރި ކަންކަމުގައި މީހުން ވަގުތުން ހައްޔަރުކުރުމުގެ ބަދަލުގައި ހެކި އެއްކުރުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ، އިނިގރޭސިވިލާތުގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ޖަމާއަތް މަނާކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރުނ...

އިނގިރޭސިވިލާތުގައި ''ފަލަސްތީނު އެކްޝަން'' ޖަމާއަތް މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި
International

އިނގިރޭސިވިލާތުގައި ''ފަލަސްތީނު އެކްޝަން'' ޖަމާއަތް މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި

އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ “ފަލަސްތީނު އެކްޝަން” އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމުގެ ސަރުކާރުން އެ ޖަމާއަތް މަނާކުރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ހުކުމްކޮށްފިއެވެ. ހުކުރު ދުވަހު ހައިކޯޓުގެ ފަނޑިޔާރުން އިއްވެވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފަލަސްތީނު އެކްޝަން މަނާކުރުމަށް ނިންމި ނިންމުމަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުމެއް ކަމަށެވެ. މިއީ ބޮޑުވަޒީރު ކެއަރ ސްޓާމަރގެ ލޭބަރ ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮ...

ރޯދަމަހުގެ މުނާސަބަތުގައި ލަންޑަނުގެ މަގުތައް ކުލަގަދަ ބައްތިތަކުން ދިއްލާލައިފި
International

ރޯދަމަހުގެ މުނާސަބަތުގައި ލަންޑަނުގެ މަގުތައް ކުލަގަދަ ބައްތިތަކުން ދިއްލާލައިފި

ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތައް ހިތްގައިމު ބައްތިތަކުން ދިއްލާލައިފިއެވެ. މިކަމާ ގުޅިގެން ލަންޑަނުގެ މޭޔަރު ސޯދިގު ޚާން ވިދާޅުވީ، ލަންޑަނުގެ ވެސްޓް އެންޑް ސަރަހައްދުގައި ދިއްލާފައިވާ މި ބައްތިތަކުން މުޅި ސަރަހައްދު އުޖާލާވެފައިވާ ކަމަށެވެ. މިއީ މި މުގައްދަސް މަހުގެ އުފާވެރިކަން ފާހަގަކުރުމުގެ އިތުރުން، އުންމީދާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ރީތި ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ތަފާތު ސަގ...

ޑީޕޯޓްކޮށްލި ކިޔަވާކުއްޖަކު އަނބުރާ ގެނައުމަށް ޓްރަމްޕްގެ ސަރުކާރަށް ފަނޑިޔާރަކު އަމުރުކޮށްފި
International

ޑީޕޯޓްކޮށްލި ކިޔަވާކުއްޖަކު އަނބުރާ ގެނައުމަށް ޓްރަމްޕްގެ ސަރުކާރަށް ފަނޑިޔާރަކު އަމުރުކޮށްފި

ކޯޓު އަމުރަކާ ހިލާފަށް އެމެރިކާއިން ޑީޕޯޓްކޮށްލާފައިވާ ހޮންޑިއުރަސްގެ ކިޔަވާކުއްޖަކު އަނބުރާ އެމެރިކާއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ހުކުރު ދުވަހު ޓްރަމްޕްގެ ސަރުކާރަށް އަމުރުކޮށްފިއެވެ.   ބޮސްޓަންގެ ޔޫ.އެސް ޑިސްޓްރިކްޓް ފަނޑިޔާރު ރިޗަޑް ސްޓާންސް މި އަމުރު ނެރުއްވީ، މެސަޗޫސެޓްސްގެ ބެބްސަން ކޮލެޖްގައި ކިޔަވަމުންދާ އުމުރުން 20 އަހަރުގެ އެނީ ލޫޝިއާ ލޮޕޭޒް ބެލޯޒާ އަނބުރާ ގެނައުމަށް ސަރުކާރުން މީގެ ކުރިން އިންކާރުކޮށްފައި ވަނިކޮށެވެ. ފަނޑިޔާރު ވަނީ އޭނާ އ...

އެޕްސްޓީން އާއި ގުޅުން އޮތް ޑުބާއީގެ ޑީޕީ ވޯލްޑްގެ ވެރިޔާ މަގާމުން ވަކިކޮށް އިސްމަގާމުތަކަށް ބަދަލު ގެނެސްފި
International

އެޕްސްޓީން އާއި ގުޅުން އޮތް ޑުބާއީގެ ޑީޕީ ވޯލްޑްގެ ވެރިޔާ މަގާމުން ވަކިކޮށް އިސްމަގާމުތަކަށް ބަދަލު ގެނެސްފި

ހިންގި ބޮޑެތި ޖަރީމާތައް ފަޅާއެރުމުން އެމެރިކާގެ ޖަލުގޮޅީގައި އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅުންހުރި އާ ލިޔެކިޔުންތަކެއް ހާމަވުމާ ގުޅިގެން އުފެދުނު ބޮޑު ނުތަނަވަސްކަމަށްފަހު، ދުބާއީގެ މަޝްހޫރު ޕޯޓް ކުންފުނި ޑީޕީ ވޯލްޑްގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ކުރިން ޑީޕީ ވޯލްޑް ވެރިއެއްގެ މަގާމު  ފުރުއްވަމުން ގެންދެވި ޗެއާމަން ސުލްތާން ބިން ސުލައިމް، ކުށްވެރިވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވުމާ ގުޅިގެން އޭނާ...

ޓެކްސް ފައިސާ ހިފެހެއްޓުމުން ދަތި ބޮޑުވެ ފަލަސްތީން އޮތޯރިޓީ "ނެތިދިއުމުގެ ބިރު"
Raajje

ޓެކްސް ފައިސާ ހިފެހެއްޓުމުން ދަތި ބޮޑުވެ ފަލަސްތީން އޮތޯރިޓީ "ނެތިދިއުމުގެ ބިރު"

އިސްރާއީލުން ފަލަސްތީނުގެ ޓެކްސް ފައިސާ ހިފަހައްޓަމުންދާތީ، ފަލަސްތީން އޮތޯރިޓީއަށް “ނެތިދިއުމުގެ ބިރު” ކުރިމަތިވެފައިވާ ކަމަށާއި، 2026 ވަނަ އަހަރަކީ އެ އޮތޯރިޓީގެ ތާރީޚުގައި މާލީ ގޮތުން އެންމެ ދަތި އަހަރަށް ވާނެ ކަމަށް ފަލަސްތީނުގެ ފައިނޭންސް މިނިސްޓަރު އިސްތިފާން ސަލާމާ އިންޒާރު ކުރައްވައިފިއެވެ. ރާމަﷲގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލާމާ ވިދާޅުވީ، ފަލަސްތީނަށް ލިބެންޖެހޭ އާމްދަނީގެ ގާތްގަނޑަކަށް 70 އިންސައްތަ އިސްރާއީލުން މިހާރު ވަނީ ހިފަހައްޓާފައެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖ...

އީރާނާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް: ޓްރަމްޕް
International

އީރާނާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް: ޓްރަމްޕް

އީރާނާއެކު ވެވޭ އެއްބަސްވުމެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއް އެކުލަވައިލުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ތާވަލަކީ ކުރިއަށް އޮތް މަހެއްހާ ދުވަސް ކަމަށާއި، މިކަން އަވަހަށް ހިނގަންޖެހޭނެ ކަމަށެވެ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ތެހެރާނަށް ބޮޑެތި ނުރައްކާތަކަކާ ކުރ...

އުތުރު ކޮރެއާގެ ކުރިމަގުގެ ލީޑަރަކީ ކިމްގެ ދަރިކަނބަލުން ކަމުގައި ކަނޑައެޅުން ގާތް: ދެކުނު ކޮރެއާ
International

އުތުރު ކޮރެއާގެ ކުރިމަގުގެ ލީޑަރަކީ ކިމްގެ ދަރިކަނބަލުން ކަމުގައި ކަނޑައެޅުން ގާތް: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ގައުމުގެ ވެރިކަން އެ އާއިލާގެ ހަތަރުވަނަ ޖީލަކަށް ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އެމަނިކުފާނުގެ ފުރާވަރުގެ ދަރިކަނބަލުންނަކީ ގައުމުގެ ކުރިމަގުގެ ލީޑަރުގެ ގޮތުގައި ކަނޑައެޅުމާ ގާތްވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަކޮށްފިއެވެ. ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް (އެން.އައި.އެސް) އިން މިފަދަ ވަޒަންކުރުމެއް ހާމަކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ދިން މައުލޫމާތުތަކެއްގައެވެ. މި މައުލޫމާތުތައް ހާމަކޮށްފައިވ...

މަދޫރޯ ކިޑްނެޕްކުރުމަށްފަހު ވެނެޒުއޭލާގެ ތެޔޮ އިސްރާއީލަށް ފޮނުވަން ފަށައިފި
News

މަދޫރޯ ކިޑްނެޕްކުރުމަށްފަހު ވެނެޒުއޭލާގެ ތެޔޮ އިސްރާއީލަށް ފޮނުވަން ފަށައިފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށް އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ގައުމުގެ ތެޔޮ އިސްރާއީލަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ދީ، ގިނަ އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އިސްރާއީލަށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ފޮނުވަން ފަށައިފިއެވެ. ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެނެޒުއޭލާއިން ފޮނުވި މި ތެޔޮ ޝިޕްމަންޓް މިހާރު ދަތުރުކުރަމުންދަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރަށް ހައިފާގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކު...