ސްޕެއިނުގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ޑިޖިޓަލް މާހައުލު ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާކަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަންގާރަ ދުވަހު އިއުލާން ކުރައްވައިފިއެވެ. ދުބާއީގައި ބޭއްވި ވޯލްޑް ގަވަރމަންޓްސް ސަމިޓުގައި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވީ، ސޯޝަލް ނެޓްވޯކްތައް މިވަނީ ގާނޫނުތަކަށް އިހުތިރާމް ނުކުރާ، އަދި ކުށްތަކަށް ފުރުސަތުދޭ ‘ފެއިލްޑް ސްޓޭޓް’ ތަކަކަށް ވެފައިވާ ކަމަށާއި، ކުޑަކުދިން މިފަދަ ނުރައްކާތަކުނ...